އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް، އިސްރާއީލުގެ ފަސްގަނޑަށް ބަދަލުކުރުމުގެ ވިސްނުން އެމެރިކާއިން ގެންގުޅޭ ކަމަށް ރިޕޯޓުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލް ގުޅިގެން ފެށި މި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ މުޅި ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ދިފާއީ ވަސީލަތްތަކަށް އަމާޒުކޮށް ބާރުގަދަ މިސައިލްތަކާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައި ވާއިރު، އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުވޭތާއި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ މަރުކަޒުތައް އިސްރާއީލުގެ ބިމަށް ބަދަލުކުރުމުގެ ސިއްރު މަޝްވަރާތަކެއް ޕެންޓަގަނުން މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އީރާނުގެ ހަމަލާތަކުގައި ބޮޑެތި ހަލާކުތަކެއްވި ބަހްރޭނުގައި ހުރި އެމެރިކާގެ މަރުކަޒު، އެ ސަރަހައްދުގައި އަލުން ބިނާކުރުމާ މެދު ވެސް ދިފާއީ ވުޒާރާއިން ދަނީ ގޮތްތަކެއް ނިންމަމުންނެވެ.
ވޮޝިންގްޓަނުން މިފަދަ ސްޓްރެޓީޖިކް ބަދަލުތަކެއް ގެންނަން އުޅެނީ އީރާނުގެ ޒަމާނީ އަސްކަރީ ގާބިލުކަމާއި ދުރުރާސްތާ މިސައިލްތަކުގެ ނުރައްކަލުން އެމެރިކާގެ ސިފައިންނާއި ވަސީލަތްތައް ސަލާމަތްކުރުމަށްޓަކަ އެވެ.
މާލީ ގޮތުން ބަލާއިރުވެސް މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ވަނީ ބޮޑު ބުރައެއް އުފުލަންޖެހިފަ އެވެ. އެގޮތުން އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ މި އަސްކަރީ ކެމްޕޭނަށް އެކަނިވެސް 80 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެންމެ ފަހުގެ މާލީ ރިޕޯޓުތަކުން ވަނީ ހާމަވެފަ އެވެ.
ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުވާ މައްސަލަ ފަށަނީ
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!