މަޝްހޫރު ލަވަކިއުންތެރިޔާ ޓޭލާ ސްވިފްޓް އާއި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީގެ ކާވެނީގެ ހަފުލާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ތަރިން ބައިވެރިވި ނަމަވެސް، މިއުޒިކީ ދާއިރާގެ މަޝްހޫރު ނަމެއް ކަމަށްވާ ޖޭމްސް ޓޭލާ އެ ހަފުލާއިން ފެނިފައެއް ނުވެއެވެ.
ނިއުޔޯކުގެ މެޑިސަން ސުކުއާ ގާޑަންގައި ޖުލައި 3 ވީ ހުކުރު ދުވަހު ބޭއްވި މި ކައިވެނީގެ ދައުވަތު ލިބުނު ނަމަވެސް، އުމުރުން 78 އަހަރުގެ ޖޭމްސް ޓޭލާ އެ ހަފުލާއަށް ނުދާން ނިންމި ސަބަބު މިހާރު ވަނީ ހާމަވެފަ އެވެ.
މެސަޗޫސެޓްސްގެ ޓެންގްލްވުޑްގައި ބޭއްވި އޭނާގެ އަހަރީ "އިންޑިޕެންޑެންސް ޑޭ" ކޮންސަޓްގެ ތެރެއިން ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ޖޭމްސް ވަނީ އޭނާއަށް ކައިވެނީގެ ދައުވަތު ލިބުނުކަން ކަށަވަރު ކޮށްދީފަ އެވެ.
"އަހަރެންނާއި އަނބިމީހާ ކިމް އަށް މިރޭ މެޑިސަން ސުކުއާ ގާޑަންގައި އޮތް ކައިވެނީގެ ހަފުލާއަކަށް ދައުވަތު ލިބުނު. ނަމަވެސް އަހަރެމެންނަށް ދެވޭގޮތެއް ނުވި. ކައިވެނިކުރި ދެމަފިރިންނަށް އުފާވެރިކަމާއި އަމާން ދިރިއުޅުމަކަށް އެދެން." ޖޭމްސް ބުންޏެވެ.
ޖޭމްސްއަށް އެ ކައިވެންޏަށް ނުދެވުނީ، ކޮންމެ އަހަރަކުވެސް ޓެންގްލްވުޑް މިއުޒިކް ފެސްޓިވަލްގައި އޭނާގެ 'އޯލް-ސްޓާ ބޭންޑް' އާއެކު ޝޯ ހުށަހަޅައިދިނުމަކީ ކުރީއްސުރެ ރޭވިފައި އޮންނަ އިވެންޓަކަށްވާތީ އެވެ.
ޓޭލާ ސްވިފްޓާއި ޖޭމްސް ޓޭލާގެ މެދުގައި މިއުޒިކީ ގޮތުންނާއި އަމިއްލަ ދިރިއުޅުމުގައިވެސް ހާއްސަ ގުޅުމެއް އޮވެ އެވެ. އެގޮތުން ޓޭލާ ސްވިފްޓްގެ މައިންބަފައިން އޭނާއަށް 'ޓޭލާ' ގެ ނަމުން ނަން ދިނީވެސް ޖޭމްސް ޓޭލާއަށް ސްވިފްޓްގެ އާއިލާއިން ކުރާ ގަދަރާއި ސަޕޯޓެއްގެ ބޮޑުކަމުންނެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކޮންސަޓް އޮތުމުގެ ސަބަބުން މަޝްހޫރު ލަވަކިއުންތެރިޔާ ހެރީ ސްޓައިލްސްއާއި އޭނާގެ ބައިވެރިޔާ ޒޯއީ ކްރެވިޓްޒްއަށްވެސް ޓޭލާގެ ކައިވެނީގައި ބައިވެރިއެއް ނުވެވުނެވެ.
މީގެ އިތުރުން، ސްވިފްޓްއާއެކު މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑު ފެތުރިފައިވާ އޭނާގެ ކުރީގެ އެކުވެރިޔާ ބްލޭކް ލައިވްލީއާއި ރަޔަން ރެނޯލްޑްސްއަށް ދައުވަތު ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
އަޖޭގެ އާ ފިލްމާއެކު ކަޝްމީރުގައި މައްސަލަ ހޫނުވެއްޖެ