ބޮލީވުޑްގެ ސުޕަރސްޓާރު ޝާހްރުކް ޚާންގެ ދަރިފުޅު އަދި ޑައިރެކްޓަރު އާރިއަން ޚާން، އެކްޓަރު އަދި ނެށުންތެރިޔާ ރާގަވް ޖުޔާލްގެ އުފަން ދުވަހުގެ ހަފްލާއަށްފަހު ނުކުތް ވަގުތު ސަޕޯޓަރުންނާއި މީޑިއާ އޭނާ ވަށާލައި ބޮޑު ހާޖާނު ގަނޑެއް ހިންގައިފި އެވެ.
މުމްބާއީގައި ބޭއްވި މި ހަފްލާއަށްފަހު އާރްއަން އޭނާގެ ކާރަށް އެރުމަށް ދިޔަ މަގުމަތީގައި، ސެލްފީ ނެގުމަށް ގިނަ އަދަދެއްގެ މީހުން އެއްވެ ފިއްތަން ފެށުމުން ބޮޑު ހަލަބޮލިކަމެއް ވަނީ އުފެދިފަ އެވެ. އެ ހަލަބޮލި ކަމުގެ ތެރޭގައި ސަޕޯޓަރަކު ވެއްޓުމުން އާރްޔަން ވަނީ އެ މީހާ ނެގުމަށް އެހީތެރި ވެދީފަ އެވެ.
އާއްމުންނާއި ޕަޕަރާޒީންގެ ފިއްތުމުގެ ތެރޭގައި ސަޕޯޓަރަކު ކައްސާލައިގެން ބިންމައްޗަށް ވެއްޓުނެވެ. އާރިއަން ވަނީ ވަގުތުން މަޑުކޮށް، އެ މީހާ ކޮޅަށް ނެގުމަށް އެހީތެރިވެފަ އެވެ. އަދި އޭނާގެ ސެކިއުރިޓީ ގާޑަށް ބަލައިގެން އުޅުމަށް ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.
އާރްޔަން ކާރަށް އެރުމަށް ކުރި މަސައްކަތުގައި މޫނަށް ކެމެރާ ފްލެޝްތައް އެޅުމާއި، އާންމުންގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ ވަރަށް ނުރުހުން ވެފައިކަން ވީޑިއޯތަކުން ފެނެ އެވެ.
މީގެ އިތުރުން މީހުން ފުރިފައިވާ ލިފްޓެއްގެ ތެރޭގައި އާރްޔަން ތިރިވެލައިގެން އިން މަންޒަރުވެސް ވަނީ އާންމުވެފަ އެވެ. މިއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އާންމުންގެ މިންގަނޑެއް ނެތް އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި ހަފްލާއިން ނުކުތް އެހެން ތަރިން ކަމަށްވާ ރާގަވް ޖުޔާލް އަދި ޝެހެނާޒް ގިލްއަށްވެސް ވަނީ މީހުންގެ ތޮއްޖެހުމުގެ ސަބަބުން ކާރަށް އެރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
3 މަހުން 20 ކިލޯ ލުއި ކޮށްލަން ބޭނުންތަ؟
7.35 ކްރޯޑް ރުޕީސްގެ ޖޫރިމަނާއަކާއެކު ރާޖްޕާލް އަލުން ޖަލަށް؟
ވިއެޓްނާމުގައި ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 މީހުން މަރު