މ. ނަލަހިޔާ ރެޒިޑެންސްގެ އެޕާޓުމެންޓެއްގައި ހުރި ދެ ތިޖޫރީ ފަޅާލައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
މި މައްސަލަ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އަތުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށް ކޯޓުގައި ވަނީ އެދިފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 9:02 ހާއިރުއެވެ. އެ ވަގުތު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީ އެ ތިޖޫރީތަކުގައި ހުރި 3.9 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
މި މައްސަލައިގައި ދައުލަތުން ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ހ ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވަނީ ފަސް މީހެއްގެ މައްޗަށެވެ. އެ މީހުންނަކީ މ. އޭސިއާ އަހުމަދު ފާރިސް އާއި ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުހައްމަދާއި ސ. މީދޫ މޫންލައިޓްވިލާ މުހައްމަދު އަފްރާހުގެ އިތުރުން ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާއިލް އާސިފް އަދި ޅ. ނައިފަރު ކަސްތޫރިމާގެ މުހައްމަދު ނޫރު އަހުމަދެވެ.
މީގެ އިތުރުން ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާގެ ހ ގެ ދަށުން އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި 220 ވަނަ މާއްދާގެ ހ ގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް ބައެއް މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ. މި ދެ ދައުވާ އުފުލާފައިވަނީ އަހުމަދު ފާރިސް އާއި ޖަޒީލު މުހައްމަދުގެ އިތުރުން މުހައްމަދު ނޫރު އަހުމަދުގެ މައްޗަށެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ހާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި
ދުނިޔޭގެ އެންމެ މާޔޫސް ކުރުވަނިވި ފަތުރުވެރި މަންޒިލްތައް!
