ބޮލީވުޑްގެ އެންމެ ފަހުގެ ކަންކަމާއި ހަބަރުތައް އެ ދާއިރާގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއަށްވުރެ ބޮޑަށް އޭނާގެ ފިރިމީހާ ހޮލީވުޑްގެ އެކްޓަރު ނިކް ޖޯނަސްއަށް އެނގޭ ކަމަށް ޕްރިޔަންކާ ހާމަކޮށްފި އެވެ.

ޖޯނަސް އާއިލާގެ ޕޮޑްކާސްޓް "ހޭ ޖޯނަސް"ގައި ވާހަކަ ދައްކަމުން ނިކް ބުނެފައިވަނީ، ކައިވެންޏަށްވީ 8 އަހަރުގެ ތެރޭގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް "އުފަލަކީ" ނުވަތަ ފައިދާއަކީ ބޮލީވުޑްގައި ހިނގާ ތަފާތު ކަންކަމުގެ އެންމެ ފަހުގެ ހަބަރުތައް ބަރާބަރަށް ލިބެމުން ދިއުން ކަމަށެވެ.

ކައިވެންޏަށްފަހު އޭނާގެ ސޯޝަލް މީޑިއާ ފީޑު މުޅިންވެސް ފުރިފައިވަނީ އިންޑިއާގެ ފިލްމީ ދާއިރާގެ ހަބަރުތަކުން ކަމަށް ސަމާސާ ރާގަކަށް ނިކް ބުންޏެވެ.

މި ވާހަކައަށް ބާރުދެމުން ޕްރިޔަންކާ ޗޯޕްރާ ހާމަކުރި ގޮތުގައި، ބޮލީވުޑްގެ ތަރިންގެ ގުޅުންތަކާއި ވަރި ކައިވެނި ފަދަ ހަބަރުތައް އޭނާއަށްވުރެ ކުރިން ނިކްއަށް އެނގެ އެވެ.

"އަހަރެން އާންމުކޮށް ރައްޓެހިންނަށް މެސެޖުކޮށްފައި 'އޭނާއަށް އަހަރެންގެ ސަލާމް ބުނެދެއްޗޭ' ބުނާ މެސެޖުތައް ފޮނުވާ ގަޑީގައި، ނިކް ބުނާނެ 'ނޫނެކޭ، އެ ދެމީހުން މިހާރު ރުޅިވެއްޖެޔޭ' ޕްރިޔަންކާ މަޖާ ވެފައި ކިޔައިދިނެވެ.

ނިކް ޖޯނަސް ވަނީ އޭނާ ސޯޝަލް މީޑިއާގައި ބޮލީވުޑްގެ އޮގޮސިޕް ގެނެސްދޭ ބައެއް "ސީކްރެޓް" އިންސްޓަގްރާމް އެކައުންޓްތައް ސިއްރުން ފޮލޯ ކުރާކަމަށް އެއްބަސްވެފަ އެވެ.

ޖޯ ޖޯނަސް މިއީ އެމެރިކާގެ މަޝްހޫރު އޮސިޕް ޕޭޖު "ޑޫމުއާ"ގެ ބޮލީވުޑް ވާޝަންތޯ ސުވާލު ކުރުމުން، ނިކް ވަނީ އެކަމަށް އެއްބަސްވެ، އެ އެކައުންޓްތަކުގައި ވަރަށް ގަޔާވާ ކަހަލަ ވާހަކަތައް އަދި ފޮލޯކޮށްލަން ރަނގަޅު ވާހަކަތައް ހުންނަ ކަމަށް ބުނެފަ އެވެ.

ކެވިން އަދި ޖޯ ޖޯނަސް ވަނީ ނިކް ފޮލޯކުރަނީ ކޮން ގޮސިޕް ޕޭޖްތަކެއްތޯއާއި، ކޮން ތަރިންނެއްގެ ހަބަރުތައްތޯ ސުވާލުކޮށް، އޭގެ ނަންތައް ހާމަކުރުމަށް އެދިފަ އެވެ.

ނަމަވެސް، ނިކް ވަނީ އެ ނަންތައް ހާމަކުރަން އިންކާރު ކޮށްފަ އެވެ. "އަހަރެން ނަންތަކެއް ނުބުނާނަން. އެއީ އަހަރެމެންގެ ރައްޓެހިން،" ހުނުމަކާއެކު ނިކް ބުންޏެވެ.

2018 ވަނަ އަހަރު އިންޑިއާގެ ޖޯދްޕޫރުގައި ކައިވެނިކުރި ޕްރިޔަންކާ އަދި ނިކް ޖޯނަސްއަކީ ބައިނަލްއަގުވާމީ ގޮތުން އެންމެ މަގުބޫލު އެއް ޖޯޑެވެ.

ނިކްއަކީ ހަމައެކަނި ޕްރިޔަންކާގެ ފިރިމީހާގެ އިތުރުން، އިންޑިއާގެ ސަގާފަތަށާއި ފިލްމީ ދާއިރާއަށްވެސް އެހާ ބޮޑަށް ޝައުގުވެރިވާ މީހެއްކަން މިކަމުން އެނގެ އެވެ.