ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ނިންމައިފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކުރުމަށްފަހު، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތުގެ ދަށުން ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެންކަމުން، މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ. މިއީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އެ ކުންފުނިން ފާހަގަކުރެ އެވެ.
ސްޓެލްކޯއިން މި ވިއުގަ ބެލެހެއްޓުމާ ހަވާލުވުމުގެ ކުރިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ކަންކަން ބަލަހައްޓަމުން އައީ އެޗްޑީސީންނެވެ..
ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ވިނަރެސް ފްލެޓްތަކުގެ އިތުރުން އެފްޑީސީ ފްލެޓްތަކުން ކަރަންޓު ކެނޑި، ގިނައިރު ވުމުގެ މައްސަލަތަކެއް މީގެކުރިން ތަކުރާރުކޮށް ދިމާވެފައިވެ އެވެ.
ލުބްނާނުގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވަނީ
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!
ޕްރިޔަންކާގެ އުފަން ދުވަހާ ދިމާކޮށް ނިކްގެ ލޯބި މެސެޖެއް!
