އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސެކަންޑް ލޭޑީ އުޝާއަށް ހަތަރުވަނަ ދަރިކަލުން ލިބިވަޑައިގެންފި އެވެ.
ވޮޝިންޓަންގެ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި މި ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ފިރިހެން ކުއްޖާއަށް ނަން ދެއްވާފައިވަނީ އެލެކް ނީލް ވޭންސްގެ ނަމުންނެވެ.
މިއީ ވޭތުވެދިޔަ 150 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އެމެރިކާގެ މަގާމުގައި ހުންނެވި ނައިބު ރައީސަކަށް މަގާމުގެ ދައުރުގެ ތެރޭގައި ކުއްޖަކު ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ޖޭޑީ ވިދާޅުވީ، އުޝާ އަދި އަލަށް އުފަންވި ދަރިކަލުންގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށާއި، ދޮށީ ތިން ދަރިން ތިބީ ކުޑަކުޑަ ކޮއްކޮއާ ބައްދަލުވުމުން ވަރަށް ބޮޑަށް އުފާވެފައި ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ވޯލްޓާ ރީޑްގެ މިލިޓަރީ ޑޮކްޓަރުންނާއި ވައިޓް ހައުސްގެ މެޑިކަލް ޓީމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
އެލެކް ނީލް އުފަންވުމާއެކު، ޖޭޑީގެ އާއިލާގައި މިހާރު އިވާން، ވިވެކް އަދި މިރާބެލްގެ އިތުރުން ހަތަރު ދަރިން ތިއްބަވަ އެވެ.
އެމެރިކާގެ ތާރީހަށް ބަލާއިރު، މަގާމުގައި ހުންނަވައިގެން ނައިބު ރައީސަކަށް ދަރިއަކު ލިބިވަޑައިގެންނެވި އެންމެ ފަހު ހާދިސާ ހިނގާފައި ވަނީ 1870 ވަނަ އަހަރު، އޭރުގެ ނައިބު ރައީސް ސްކައިލާ ކޯލްފެކްސް އަށެވެ. އެހެންކަމުން މިއީ ޒަމާނީ އެމެރިކާގެ ސިޔާސީ ތާރީހުގައި ވަރަށް ހާއްސަ ހާދިސާއެކެވެ.
ޖޭޑީގެ އާއިލާއަށް އިތުރުވި މި ކުޑަކުއްޖާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުހަބާ ދަންނަވާފަ އެވެ.
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ