އިންޑިއާއިން ރާއްޖެއައި ދެ މީހެއްގެ ލަގެޖުގައި ފޮރުވައިގެން ގެންނަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އެ ގައުމުގެ ދެ ރައްޔިތެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން އެ ދެ މީހުންގެ ލަގެޖުތައް އިތުރަށް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 5،540 ގްރާމްގެ ކެނެބިސް އެވެ. ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ދެކުނުގެ މައި އެއާޕޯޓުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިންޑިއާގެ ދެ ރައްޔިތުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށްޓަކައި ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ދިއްގަރު ސްޓިއަރިން ކޮމިޓީއަށް ޝަރުތުހަމަނުވާ ބަޔަކު!
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!
