މެލޭޝިޔާގެ ހާރިޖީ ސިޔާސަތުތަކާއި އިޒްރޭލާ މެދު އެގައުމުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން، އެމެރިކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ހާޒިރުކޮށްފި އެވެ.
މެލޭޝިޔާގެ ދައުލަތުގެ މީޑިއާ "ބާނާމާ" އިން އެގައުމުގެ ފޮރިން މިނިސްޓަރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރު މުހައްމަދު ޝަހްރުލް އިކްރާމް ޔައުގޫބް ސްޓޭޓް ޑިޕާޓްމަންޓަށް ހާޒިރުކުރީ އިޒްރޭލާ މެދު ކުއަލަލަމްޕޫރުން ގެންގުޅޭ ނިންމުންތައް ސާފުކުރުމަށެވެ.
މިކަމާ ގުޅިގެން މެލޭޝިޔާގެ ފޮރިން މިނިސްޓަރު މުހައްމަދު ހަސަން ވިދާޅުވީ، އިޒްރޭލު ބަލައިނުގަތުމަކީ މެލޭޝިޔާގެ ޒަމާންވީ ސިޔާސަތެއް ކަމަށާއި، އެއީ އާ ކަމެއް ނޫންކަން ސަފީރު އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުގެ ރައްޔިތެއްގެ ގޮތުގައި ދެ ގައުމެއްގެ ރައްޔިތުކަން އޮތް މީހަކު އެމެރިކާގެ ޕާސްޕޯޓުގައި މެލޭޝިޔާއަށް އެތެރެވި ކަމަށެވެ. ނަމަވެސް، ފަހުން ބެލި ބެލުމުން އޭނާގެ އަތުގައި އިޒްރޭލުގެ ރައްޔިތުކަން އޮތްކަން ހާމަވުމުން، އޭނާ ގައުމުން ބޭރުވުމަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވީ އެމެރިކާގެ އިންވެސްޓަރެއް ކަމަށްވާ ބާލާޖީ ސްރީނިވަސަން މެލޭޝިޔާގައި އުފެއްދި "ނެޓްވޯކް ސްކޫލް" ނަމަކަށް ކިޔާ ޑިޖިޓަލް ކޮމިއުނިޓީއެއްގައި އިޒްރޭލުގެ މީހުން ބައިވެރިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެންނެވެ. މެލޭޝިޔާއަކީ އިޒްރޭލާއެކު އެއްވެސް ސިޔާސީ ގުޅުމެއް ބާއްވާ ގައުމެއް ނޫން ކަމަށްވާއިރު، އެގައުމަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ.
އިމިގްރޭޝަނުން އެ ސްކޫލާ ގުޅޭ ތަހުގީގެއް ހިންގުމަށްފަހު، އެތަނުގައި ތިބި އެންމެންގެ އަތުގައި ސައްހަ ލިޔެކިޔުންތައް ހުރިކަން ކަށަވަރުކުރި ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކުން ވަނީ އެތަން ބަންދުކޮށްފަ އެވެ.
މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެމެރިކާގެ ކޮންގްރެސްގެ އަށް މެންބަރަކު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި، މެލޭޝިޔާގައި ތިބޭ އިޒްރޭލުގެ ރައްޔިތުން ހޯދައި ވަގުތުން ޑިޕޯޓްކުރުމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ގެންގުޅުއްވާ ސިޔާސަތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މީގެ އިތުރުން، އެމެރިކާއިން މެލޭޝިޔާއާ އެކު ބާއްވާ ސަލާމަތީ އަދި އިގްތިސާދީ ގުޅުންތައް މުރާޖައާ ކުރުމަށާއި، މެލޭޝިޔާގެ ސިފައިންނަށް އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކަށް ދޭ ފައިސާ ކަނޑާލުމަށް ވެސް އެ މެންބަރުން ވަނީ ގޮވާލާފަ އެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް