މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމު މިންވަރަށް ވުރެން ހޫނުގަދަވެއްޖެ އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އާންމުކުރި ހީޓް އިންޑެކްސް މައުލޫމާތަށް ބަލާއިރު، މާލެއާއި ގދ. ކާޑެއްދޫގެ އިހުސާސްކުރެވޭ ހޫނުމިން ވަނީ 37.8 ޑިގްރީ ސެލްސިއަސްއަށް އުފުލި، "ލޯ ހީޓް ސްޓްރެސް" ނުވަތަ އާދައިގެ މިންވަރަކަށް ހޫނުގަދަ ގިންތިއަށް އަރާފަ އެވެ. އަދި 37.2 ޑިގްރީ ސެލްސިއަސްއާއެކު ލ. ކައްދޫ ވެސް ހިމެނެނީ ހަމަ މި ގިންތީގަ އެވެ.
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ބައެއް ހިސާބުތަކުގައި ހޫނުމިން މައްޗަށް ދިޔަ ނަމަވެސް، ހދ. ހަނިމާދޫގައި 36.9 ޑިގްރީ ސެލްސިއަސް އަދި ސ. ގަމުގައި 31.7 ޑިގްރީ ސެލްސިއަސް ހުރުމުން އުތުރާއި އެންމެ ދެކުނުގެ ސަރަހައްދުތަކުގައި ހޫނުމިން ހުރީ އާދައިގެ މިންވަރެއްގަ އެވެ.
ވައިގެ ތެތްކަމާއި ވައިޖެހޭ ބާރުމިނަށް ބަލައިގެން ހިސާބުކުރާ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ ދާހިއްލައިގެން ހަށިގަނޑު ފިނިކުރުމަށް ހުރަސްއެޅޭތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން "މޮޑަރޭޓް" އަދި "ސްޓްރޯންގް" ހީޓް ސްޓްރެސްގެ މިންގަނޑަށް ފެތޭއިރު، މިއަދު އެ މިންވަރަށް ހޫނުގަދަވެފައި ނުވި ނަމަވެސް، ޑީހައިޑްރޭޓްވުމާއި ވަރުބަލިވުން ފަދަ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ގިނައިން ފެން ބުއިމަށާއި އަވީގައި ގިނައިރު ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ.
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!