ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ފާތުމަތު މަހީރާ މުހައްމަދު، އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި އެވެ.
މަހީރާ މަގާމުން ވަކިކުރެއްވީ އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަން ކުރެއްވި ދުވަހު އެވެ. މި ނިންމެވުމަކީ ގާނޫނީ ގޮތުން މަގާމުން ވަކިކުރަންޖެހޭ ފަދަ ސަބަބެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެ އެވެ.
ޓްރައިބިއުނަލްގެ މަސައްކަތްތަކަށް ބަލާއިރު، މަހީރާއަކީ އެ ތަނުގައި ހިމެނޭ މެންބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި، އަދި އެންމެ ގިނަ މައްސަލަ ނިންމަވަމުން ގެންދެވި މެންބަރެވެ. މިދިޔަ އޭޕްރީލް މަހު ޓްރައިބިއުނަލްގެ ކުރީގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުމާއި މައްސަލަތައް ބެލުމުގެ އެންމެ އިސް ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވީވެސް މަހީރާ އެވެ.
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ބޭފުޅުން ފާހަގަކުރާ ގޮތުގައި، މި ސަރުކާރު އައި ފަހުން ޓްރައިބިއުނަލްގައި މައްސަލަތައް ނިންމޭ މުއްދަތު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން، އެންމެ ގިނަ މައްސަލަ ނިންމަވާ މެންބަރު ކުއްލި ގޮތަކަށް ވަކިކުރުމުން، ޓްރައިބިއުނަލްގެ މަސައްކަތްތަކަށް އިތުރު ހީނަރުކަމެއް އައިސް، މައްސަލަތައް ނުނިމި ގިނަދުވަސް ވާނެ ކަމަށް ވަކީލުން ލަފާކުރެއެވެ.
މަހީރާ މަގާމުން ވަކިކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ތަފްސީލީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް އިންސާފުވެރިކަމާއެކު ހައްލުކުރުމަށް ގާނޫނުން އުފައްދާފައިވާ މުހިންމު މިނިވަން މުއައްސަސާއެކެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
އީރާނުން އެއްބަސްވުމަކަށް ތައްޔާރެއް ނޫން: ޓްރަމްޕް