އުދަ އަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
އިއްޔެ ވެސް މާލެއަށް ވަނީ ވަރަށް ބޮޑަށް އުފަ އަރައިފަ އެވެ. އުދަ އެރުމުގެ ސަބަބުން މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންދިޔަ އެވެ.
މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވާރޭވެހޭ ވަގުތު ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ހަމައެއާއެކު ކަނޑުތައް އާންމުގޮތެއްގައި މަޑުވި ނަމަވެސް ވާރޭވެހޭ ވަގުތު ތަންކޮޅެއް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.
މެރިޓައިމް ރެސްކިއު ސެންޓަރު ހުޅުވައިފި
ޔުކްރެއިނުގެ ހަމަލާއަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނެފި
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު