އަމީނީ މަގުގައި އަލުން ތާރު އެޅުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ތެރެއިން ކޯ ކަޓިން މަސައްކަތްތައް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓްތައް ނިންމައި އާންމުންނަށް ހުޅުވާލިތާ ދެ އަހަރެއްހާ ދުވަސް ވެފައި ވާއިރު، ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު ވަނީ މުލިހިތަކެއްހެން އުފުލި، ދުއްވަން ނުރައްކާތެރި މިންވަރަށް ހަލާކުވެފަ އެވެ.
މި ކަމުގެ ތަކުލީފު އާންމުން އުފުލަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، އެމްޓީސީސީން މިހާރު ވަނީ އަމީނީމަގުގެ ހުޅަނގަށްވީ ބައިގެ ތާރުގަނޑު ނަގައި، އަންނަ ހަފުތާގައި އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.
އެމްޓީސީސީގެ ސާވޭ ޓީމުން މިއަދު ކުރިއަށްގެންދިޔަ ކޯ ކަޓިން މަސައްކަތަކީ، މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ވަޒަންކޮށް، ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވުނު މުހިންމު ސާވޭއެކެވެ. އަމީނީ މަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުގެ މަރާމާތުތައް ވެސް ހިމެނޭ މި މަޝްރޫއު ނިމުމުން، މާލޭގެ ބޮޑެތި މަގުތަކަކީ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު