އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މަޖިލީހަށް ބަޖެޓު ހުށަހެޅުމުގެ ދެ މަސް ކުރިން މެދުރާސްތާ ބަޖެޓު އެކުލަވާލުމަށްޓަކައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ކައުންސިލްތަކުން އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް ލަފާކުރާ ބަޖެޓު ސެޕްޓެމްބަރު 18، 2026 ގެ ކުރިން ހުށަހަޅަންޖެހެ އެވެ. މި ބަޖެޓު ތައްޔާރުކުރާއިރު ދައުލަތުން ދޭ ބްލޮކް ގްރާންޓުގެ އިތުރުން ކޮންޑިޝަނަލް ގްރާންޓާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑާއި، އަމިއްލަ އާމްދަނީ ހިމަނަންޖެހޭއިރު، ފައިނަލް ބަޖެޓު ކަނޑައެޅޭނީ މަޖިލީހުން ބަޖެޓު ފާސްކުރުމުންނެވެ.
ދެހާސްވިހި ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ދޫކުރާއިރު، މިދިޔަ އަހަރު 2.15 ބިލިއަން އަދި އޭގެ ކުރީ އަހަރު 2.25 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ކައުންސިލްތަކުން ރައްޔިތުންނަށް މުނިސިޕަލް ހިދުމަތް ދިނުމަށާއި އާމްދަނީ ހޯދުމަށް އިސްކަންދޭން ޖެހޭއިރު، އެ މުއައްސަސާތަކަށް ލިބޭ ފައިސާ ބޭނުންކުރާ ގޮތާމެދު ސަރުކާރާއި ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންނަށް ފައިދާއެއް ނުވާ ގޮތަށް ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކަށް ރައީސް ވެސް މީގެ ކުރިން ފާޑުވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް އެހެން އިދާރާތަކާ ހިލާފަށް ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުން ބާކީވާ ފައިސާ ރައްކާކުރެވޭއިރު، މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި އެކަނިވެސް 422.7 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވެ އެވެ.
ދެ ހަފުތާ ފަހުން މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ
އަމީނީ މަގުގެ ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފި