ފާއިތުވި 10 ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝްގެ އަށް ރައްޔިތަކު މަރުވެފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބުނެފި އެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މި މަހުގެ ކުރީކޮޅާ ހަމައަށް ހިނގި މި މަރުގެ ހާދިސާތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވި އެކްސިޑެންޓްތަކުގެ އިތުރުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ހިމެނެ އެވެ.
މަރުވި މީހުންގެ ތަފްސީލަށް ބަލާއިރު، އެންމެ ޒުވާން މީހާގެ އުމުރަކީ 21 އަހަރެވެ. އަދި އެންމެ ދޮށީ މީހާގެ އުމުރަކީ 70 އަހަރެވެ.
މި މަރުތަކާ ގުޅިގެން ބަންގްލަދޭޝްގެ ނޫސްތަކުން ވަނީ އެ ގައުމުގެ މަސައްކަތްތެރިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެންޖެހުމާއި، މާލީ ދަތިތަކުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ފިއްތުންތަކަކީ މިފަދަ ސިއްހީ ކުއްލި މައްސަލަތައް ދިމާވާ މައިގަނޑު ސަބަބުތަކެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ބުނީ، މަރުވި މީހުންގެ ހަށިގަނޑުތައް އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ބަންގްލަދޭޝްއަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބަންގްލަދޭސްގެ މަސައްކަތްތެރިން އުޅެ އެވެ.
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!