ޖަވާބު ހޯދަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހާޒިރުކުރި ދެ މައްސަލާގައި ވެސް ހައްލު ހޯދައިދީ، އެ ހިދުމަތްތައް ފުރިހަމައަށް ލިބެމުންދާތީ މިއަދުގެ މަޖިލީހުގައި އެ ސުވާލަށް އިތުރަށް ޖަވާބުދޭން ނުޖެހޭނެ ކަމަށް ރިޔާސަތުން ނިންމުމާއެކު މަޖިލިސް ހޫނުވެ، އިތުރު މެމްބަރުންނަށް ސުވާލުކުރަން ފަހުން ފުރުސަތު ދިނެވެ.
ނ. ވެލިދޫ ބޭރުގައި ކަނދުފަތި އެޅުމާއި ޅޮހީގެ އައިސްޕްލާންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލައިގައި ސުވާލުކުރައްވަން ފުރުސަތު ދެއްވުމުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ އެ ދެ ކަންތައް ވެސް މިހާރު ފުރިހަމައަށް ނިމި، ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ.
އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ނިންމެވީ އިތުރު ސުވާލުކުރަން ފުރުސަތު ނުދެއްވުމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަކުރަން ފެށުމުން، ރިޔާސަތުން ވަނީ އިތުރު ސުވާލުތައް ކުރެއްވުމަށް ފުރުސަތު ދެއްވައިފަ އެވެ.
އެ ފުރުސަތުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ޅޮހީ އައިސްޕްލާންޓަށް ދިމާވި މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިން ނަމަވެސް، އަދިވެސް އެކަށީގެންވާ ކެޕޭސިޓީގައި އައިސް ނުއުފެއްދޭތީ އާ އައިސްޕްލާންޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރިއިރު އެކަމުގެ ފަންނީ ގާބިލުކަން ފެނަކައިގައި ނެތުމާއި، މުޅި ސިނާއަތުގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކުރަން ބޮޑެތި ހަރަދުތަކެއް ހިންގާތީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި