އެއާ އިންޑިއާގެ ފްލައިޓެއްގެ ކެޕްޓަނަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުވާނާއަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ އެއާލައިންގެ ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓުކުރުން މަޖުބޫރުކޮށްފި އެވެ.
މި މަހުގެ 4 ވަނަ ދުވަހު ޕުކެޓުން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ އޭ320ނިއޯ މަތިންދާބޯޓެއް، ދަތުރުމަތީގައި ކުއްލިއަކަށް 300 ފޫޓު (ގާތްގަނޑަކަށް 91 މީޓަރު) ތިރިއަށް ވެއްޓުނު ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފަ އެވެ. މި ހާދިސާއާ ގުޅިގެން ކުރި ކޮންފާމޭޓަރީ ޑްރަގް ޓެސްޓުން އެ ބޯޓުގެ ކެޕްޓަން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އެއާ އިންޑިއާއިން ނެރުނު އެތެރޭގެ މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓުކުރުން ވަނީ މަޖުބޫރުކޮށްފަ އެވެ. މިއީ އޭވިއޭޝަންގެ ގަވާއިދުތަކުން ލާޒިމްކުރާ މިންވަރަށް ވުރެ ފުޅާ ދާއިރާއެއްގައި އެޅި ފިޔަވަޅެކެވެ.
މި ޓެސްޓުތަކުގައި ބަލާނީ އޭވިއޭޝަންގެ ގަވާއިދުތަކުން މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި ބައެއް ބޭސްތަކަށެވެ. މި ޓެސްޓުތައް ކުރިއަށްގެންދާނީ ގުރޫގްރާމްގައި ހުންނަ އެ އެއާލައިންގެ އެކަޑަމީގައި ކުރިއަށްދާ ތަމްރީނު ސެޝަންތަކުގެ ތެރެއިންނާއި، ދަތުރުތައް ނިންމުމަށްފަހު ބްރީފިން ސެންޓަރުތަކާއި އޮފީސްތަކުން، ނުވަތަ ޕައިލެޓުން ނިސްބަތްވާ މައި މަރުކަޒުތަކުންނެވެ.
މިހާރު އޮންނަ ގަވާއިދުތައް ބުނާގޮތުން ކޮންމެ އަހަރަކު ވެސް އެއާލައިންގެ ފްލައިޓް ކުރޫއިންގެ ތެރެއިން މަދުވެގެން %10 މީހުން ރެންޑަމްކޮށް ޓެސްޓުކުރަން ޖެހެ އެވެ. ނަމަވެސް، އެއާ އިންޑިއާއިން ބުނީ ދަތުރުވެރިންނާއި ކަމާބެހޭ އެހެން ފަރާތްތަކަށް ސަލާމަތީ ގޮތުން އިތުރު ޔަގީންކަމެއް ދިނުމަށާއި، ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މިހާރު އޮތް މިންވަރަށްވުރެ ފުޅާދާއިރާއެއްގައި މި ޓެސްޓުތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
