އަމިއްލަ ކުދި ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ބައިބަޔަށް ބަހާލައިގެން ދޫކުރަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ 500،000 ރުފިޔާއަށް ވުރެ މަދުން ފައިސާ ދޭންޖެހޭ ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ގަވާއިދުން ޕްރޮސެސް ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ ފައިސާ ދައްކަމުން ދަނީ އެއްކޮށް ނޫން ކަމަށާއި، އެއްވެސް ފަރާތެއް ބާކީނުކޮށް ސަރުކާރުގެ ކޭޝްފްލޯ ހުރި މިންވަރަކުން ކޮންމެ ވެސް ޕޯޝަނެއް ނުވަތަ އެތިކޮޅެއް ދޫކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިހާރު އެއްވެސް ބޭފުޅަކު ބާކީނުކޮށް، ދައްކަންޖެހޭ ފައިސާ ކޮންމެވެސް ޕޯޝަނެއް އަޅުގަނޑުމެންގެ ކޭޝްފްލޯ އެވެއިލަބަލްވާ ވަރަކުން މި ދަނީ ދައްކަމުން،" ޒަރީރު ވިދާޅުވި އެވެ.
ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ވަނީ އިންތިހާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ކުދި ވިޔަފާރިތައް މުޅިން ބަނގުރޫޓުވެފައި ވާއިރު، ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ދޫކޮށް ހަލާސްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވައުދުވެވަޑައިގެންފަ އެވެ.
އެ ފައިސާ ދެއްކުމަށްޓަކައި ރައީސް އެކި ފަހަރު މަތިން ހަ ތާރީހެއް ދެއްވި ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެ ސުންގަޑި ހަމަވުމުން އައު ތާރީހެއް ދެއްވުން ފިޔަވައި އަމަލީ ގޮތުން އެދެވޭ ހައްލެއް ލިބިފައިނުވާކަން ވިޔަފާރިވެރިން ފާހަގަކުރެ އެވެ.
މެންބަރުންގެ ހެލްތު އިންޝުއަރެންސް ލިމިޓު 1.35 މިލިއަނަށް!
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ