ހިންދީ ސިނަމާގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ އިސްކޮޅުގެ ސަބަބުން އޭނާއަށް މަލާމާތާއި ފުރައްސާރަ އަމާޒުވި ކަމަށް އޭނާ ބުނެފި އެވެ.
އަމީތާބު މި ބީދައިން ވާހަކަ ދައްކާފައިވަނީ "ކޯން ބަނޭގާ ކްރޯޑްޕަތީ" (ކޭބީސީ)ގެ 18 ވަނަ ސީޒަންގެ ހާއްސަ އެޕިސޯޑެއްގައި އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ކުރިމަތިވި ގޮންޖެހުންތަކާއި، ހިތްދަތި ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ.
މި ޝޯގައި ބައިވެރިވި 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ރަން މެޑަލް ހޯދި އިންޑިއާގެ އެތުލީޓުންނާ ވާހަކަ ދައްކަމުން، އެތުލީޓުންނަށް ތަމްރީނުތަކުގެ ތެރޭގައި ކޯޗުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކާ ގުޅޭގޮތުން ސުވާލުކުރި އެވެ.
އޭގެ ޖަވާބުގައި އަމީތާބް ވަނީ އޭނާ ފިލްމީ ދާއިރާއަށް ނުކުތް އިރު، ޑައިރެކްޓަރުންގެ ފަރާތުން ލިބުނު ފާޑުކިޔުންތައް ހަނދާން އާ ކޮށްފަ އެވެ. އަމީތާބް ބުނީ، ކެރިއަރުގެ ކުރީކޮޅު އޭނާގެ ދިގު އިސްކޮޅަށް ބަލައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ.
"ކަލެއަކަށް އެކްޓިންއެއް ނޭނގެ، އަދި ކަލޭ މާ ދިގު ގެއަށް ދޭ،" މިފަދަ ބަސްތައް ޑައިރެކްޓަރުންގެ ފަރާތުން އިވުނު ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އޭނާ ވަނީ ޝޫޓިންއަކަށް އެއްފަހަރަކު ލަސްވެގެން ދިއުމުން، ޑައިރެކްޓަރުގެ ފަރާތުން ލިބުނު ހިތްދަތި ތަޖުރިބާއެއްވެސް ހިއްސާ ކޮށްފަ އެވެ. އެ ފަހަރު އޭނާ ލަހުން ދިއުމުން، ޝޫޓިން "ޕެކް އަޕް" ކޮށްފައިވާ ކަމަށް ބުނެ، ޑައިރެކްޓަރު ވަނީ އޭނާ ސެޓުން ނެރެ ފޮނުވާލާފަ އެވެ.
މިފަދަ ގިނަ ގޮންޖެހުންތަކަކާއި ފާޑުކިޔުންތަކެއް ކުރިމަތިވި ނަމަވެސް، އެކަންކަމުން ފިލާވަޅު ލިބި، މަޑުމަޑުން އަމިއްލަ ހުނަރު ތަރައްގީކޮށް، އިންޑިއާގެ ސިނަމާގެ އެންމެ ބޮޑު ތަރިއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވުނު ކަމަށް ވެސް އަމީތާބް ފާހަގަކުރި އެވެ.
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ވީއެމްއޭ އެވޯޑްސް: ނޮމިނޭޝަންތަކުގެ ކުރީގައި މެޑޯނާއާއި ޓޭލާ!
ރޮބާޓީ ކާލޯސް އިސްލާމިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި