ހަމުގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ "މެލަނޯމާ"އަށް ތައްޔާރު ކޮށްފައިވާ އަމިއްލަ ވެކްސިން ޓްރަޔަލްއެއްގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް، މަޝްހޫރު ބޭސް އުފައްދާ ކުންފުނިތައް ކަމަށްވާ މޯޑާނާ އަދި މާކް އިން ބުނެފި އެވެ.
މިއީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކެންސަރަށް ތައްޔާރުކުރި ވެކްސިންއެއް ފޭސް 3ގެ ކްލިނިކް ޓްރަޔަލްއަކުން ކާމިޔާބުވި ފުރަތަމަ ފަހަރެވެ.
މި ވެކްސިންގެ ސަބަބުން ކެންސަރު އަލުން އާލާވުމުގެ ފުރުސަތު ކުޑަވެ، ހަށިގަނޑުގެ އެހެން ތަންތަނަށް ބަލި ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭކަން މި ދިރާސާއިން ވަނީ ދައްކާފަ އެވެ.
މި ވެކްސިން މަސައްކަތް ކުރަނީ ކޮންމެ ބަލިމީހެއްގެ ހަށިގަނޑުގައިވާ ކެންސަރުގެ ސެލްތަކުގައި ހުންނަ ހާއްސަ ޖެނެޓިކް މިއުޓޭޝަންސް ދެނެގަނެ އެ މީހަކަށް ހާއްސަ ވެކްސިން ފަރުމާ ކޮށްގެންނެވެ. މީގެ ސަބަބުން ބަލި މީހާގެ އަމިއްލަ ދިފާއީ ނިޒާމަށް ކެންސަރު ސެލްތައް ވަކިކޮށް، އެ ސެލްތަކަށް ހަމަލާދޭން ދަސްވެ އެވެ.
މި ޓްރަޔަލްގައި މާކްގެ މަޝްހޫރު އިމިއުނޮތެރަޕީ ބޭހެއް ކަމަށްވާ "ކީޓްރޫޑާ" އާއި މި އެމްއާރުއެންއޭ ވެކސިން އެއްކޮށް ބޭނުން ކޮށްގެން ވަނީ ނަތީޖާ ދިރާސާ ކޮށްފަ އެވެ.
މި ދެ ވަސީލަތް އެއްކޮށް ބޭނުން ކުރުމުން ކެންސަރާ ދެކޮޅަށް ކުރެވޭ ހަނގުރާމާގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
މި ކާމިޔާބީއާއެކު، ސިއްހީ ދާއިރާގެ މާހިރުން މިކަން ސިފަ ކޮށްފައިވަނީ މިއީ ސިއްހީ ދާއިރާގެ ތާރީހީ ލޭންޑްމާކެއްގެ ގޮތުގަ އެވެ.
މި ހަބަރާއެކު މޯޑާނާ ކުންފުނީގެ ހިއްސާގެ އަގު ވަނީ އިންތިހާއަށް އުފުލިފައިވާއިރު ކުރިއަށް އޮތްތް ތަނުގައި މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފުއްޕާމެޔާއި، ކިޑްނީ އަދި ގުރުދާގެ ކެންސަރު ފަދަ އެހެނިހެން ކެންސަރުތަކަށް ވެސް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިތަކުން ބުނެ އެވެ.
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު
އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު އިސްތިއުނާފްކުރަނީ
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި