އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ޑިޒްނީގެ މަޝްހޫރު ފޭން އީވެންޓް "ޑީ23" ކޮންވެންޝަންގައި، ޑިޒްނީ ޕާކްތަކަށް ގެންނަން ނިންމާފައިވާ އާ ބަދަލުތަކެއް ވަނީ އިއުލާން ކޮށްފަ އެވެ.

މިފަހަރުގެ އިއުލާނުތަކުގައި މައިގަނޑު ގޮތެއްގައި ބުރަ ވެފައިވަނީ މާޒީގެ ފޮނި ހަނދާންތަކާއި (ނޮސްޓެލްޖިއާ) ކުރީގެ މަޝްހޫރު ރައިޑްތައް އާ ކުރުމަށެވެ.

އެނަހެއިމްގައި އޮތް މި ހަރަކާތުގައި 12،000 އަށްވުރެ ގިނަ ޑިޒްނީ ފޭނުން ބައިވެރިވި އެވެ. މި ބައްދަލުވުމުގައި ޑިޒްނީން ވަނީ އާ ތަޖުރިބާތަކެއް ގެނެސްދޭނެކަން އިއުލާނު ކޮށްފައެވެ:

  • ޓުމޯރޯ ލޭންޑަށް ގެންނަ ބޮޑު ބަދަލު: ޑިޒްނީ ލޭންޑްގެ މައި މަރުކަޒެއް ކަމަށްވާ ޓުމޯރޯލޭންޑް އަށް ބޮޑު ބަދަލެއް ގެނެސް، އާ ރައިޑްތަކާއި ޖާގަ ތަނަވަސް ސަރަހައްދުތަކެއް ހެދުމަށް ވަނީ ނިންމާފަ އެވެ.
  • ކްލެސިކް ރައިޑްތައް އާކުރުން: މީގެ ކުރިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބައެއް ރައިޑްތަކަށް ޒަމާނީ ބަދަލުތައް ގެނައުމާއި، މައްސަލަތައް ދިމާވެފައިވާ ބައެއް ރޮބޮޓިކް މައްސަލަތައް މަރާމާތުކޮށް ރަނގަޅު ކުރުމަށް ވަނީ ނިންމާފަ އެވެ.
  • ކޮކޯ އެޓްރެކްޝަން: މިހާރު ތަރައްގީ ކުރަމުންދާ އާ "ކޮކޯ" ރައިޑާ ގުޅިގެން، ޑިޒްނީން ވަނީ ފޭނުންގެ އަތުން ޑިޒްނީ ލޭންޑާ ގުޅޭ ހާއްސަ ހަނދާންތައް ކާޑުތަކެއްގައި ލިޔުއްވާފަ އެވެ. މި ކާޑުތައް އެ ސަރަހައްދުގައި އިންދާ ރުއްތަކުގެ މުލުގައި ފަސްއަޅައި ފޮރުވުމަށް ވަނީ ރާވާފަ އެވެ.

ފޭނުންގެ ބޮޑު ތަރުހީބެއް!

މި ޕްރޮޖެކްޓްތަކުގެ ވަކި ތާރީހުތަކެއް އިއުލާނުކޮށްފައި ނުވި ނަމަވެސް، ޑިޒްނީގެ ދުވަސްވީ ކްލެސިކް ތަކެތި އަނބުރާ ގެންނަ ވާހަކަ ބުނުމުން ފޭނުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި ބަދަލުތަކުގެ ސަބަބުން ޑިޒްނީ ޕާކްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރެވޭ ތަޖުރިބާއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.