ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް، އޭނާގެ ކެރިއަރުގެ އެންމެ ދަތި ދުވަސްވަރުގައި ކުޅުނު ޑައިރެކްޓަރު އަދިތްޔާ ދަރްގެ ކާމިޔާބު ފިލްމު 'ދުރަންދަރު'އަށް އެއްބާރުލުން ދިން ކަމަށްޓަކައި އަންބާނީ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފި އެވެ.
ރިލަޔަންސް ޑޮކިއުމެންޓްރީއެއްގައި ވާހަކަ ދައްކަމުން ރަންވީރު ފާހަގަކުރި ގޮތުގައި، އޭނާގެ ކުރީގެ ފިލްމުތައް ބޮކްސް އޮފީހުގައި އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ދުވަސްވަރެއްގަ އިވެސް، އަމްބާނީ އާއިލާއިން ވަނީ އެ ފިލްމަށް ފުރިހަމަ އިތުބާރާއެކު ފަންޑުކޮށް، ބޮޑު އެއްބާރުލުމެއް ދީފަ އެވެ.
އެ ވާހަކަތަކުގެ މައްޗަށް އަލި އަޅުވާލަމުން ރަންވީރު ބުނީ، ކެރިއަރުގައި އަޑިގުޑަންތައް އަންނާނެ ކަމަށާއި ނަމަވެސް އޭނާގެ ފިލްމުތައް ނުހިނގި ދުވަސްވަރުވެސް އެފަދަ ބޮޑު އެއްބާރުލުމެއް ލިބުމަކީ ނިޢުމަތެއް ކަމަށެވެ.
އެއާއެކު އަދިތްޔާ ޑައިރެކްޓް ކޮށްފައިވާ މި ދެބައިގެ މައްޗަށް އެކުލެވޭ އެކްޝަން ތްރިލާ ފްރެންޗައިޒް 'ދުރަންދަރު' އަކީ އުފެއްދުމަށް ފަސޭހަ ފިލްމެއް ނޫން ކަމަށާއި، ނަމަވެސް އަންބާނީ އާއިލާގެ ހިތްވަރާއެކު ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
މި ފިލްމު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ރެކޯޑެއް ގާއިމުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފްރެންޗައިޒް އަކަށެވެ.
ރަންވީރުގެ މި ޝުކުރުގެ ބަސްތަކާއެކު ސޯޝަލް މީޑީއާގައި މިހާރު އަންނަނީ މި ވާހަކަ ދައްކަމުންނެވެ.
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް