ދުނިޔޭގެ މަޝްހޫރު ހަކަތަ ކުންފުނި ޝެލްގެ ލުބްރިކަންޓްސްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ރަސްމީ ހުއްދަ ލިބިފައިވާ ހަމައެކަނި ފަރާތުގެ ގޮތުގައި ވިލާ ހަކަތައިން އެ ބްރޭންޑުގެ އެކި ބާވަތްތަކުގެ ތެޔޮ ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދެން ފަށައިފި އެވެ.
އިންޖީނުތަކުގެ ދިގުދެމިގެންދިއުމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ޝެލްއިން އުފައްދާ ތަފާތު ބާވަތްތަކުގެ ލުބްރިކަންޓްތައް ވިލާ ހަކަތައިން ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ބާޒާރަށް ނެރެފައިވާ އުފެއްދުންތަކުގެ ތެރޭގައި ބަރު އުޅަނދުފަހަރާއި، ކާރާއި ސައިކަލުގެ އިތުރުން ކަނޑު އުޅަނދުފަހަރާއި އިންޑަސްޓްރިއަލް މެޝިނަރީތަކަށް ޚާއްސަ ތެލުގެ ބާވަތްތައް ހިމެނެ އެވެ.
މީގެ ތެރޭގައި ޝެލް ރިމުލާ އާރު4 އެލް، އާރު4 އެކްސް، އާރު3 ޕްލަސް އަދި ޝެލް އަރޖިނާ އެސް3 ހިމެނޭއިރު، މިއީ ބަރު މެޝިނަރީތަކާއި ލޮރީ އަދި ބަސް ފަދަ އުޅަނދުތަކުގެ އިންޖީނު ގޭނުމުން ރައްކާތެރިކޮށްދިނުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެކެވެ.
އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކުގެ އިންޖީނުގެ ބާރުގަދަކޮށްދީ މަޑު ދުވުމެއް ކަށަވަރުކުރުމަށްޓަކައި ކާރުތަކަށް ޚާއްސަ ޝެލް ހީލިކްސް އެޗްއެކްސް5 އަދި އެޗްއެކްސް6، ސައިކަލުތަކަށް ޚާއްޞަ ޝެލް އެޑްވާންސް 4ޓީ، އަދި ކަނޑު އުޅަނދުފަހަރާއި ލޯންޗުފަހަރަށް ޚާއްޞަ ޝެލް އެޑްވާންސް މެރީން ޕްރީމިއަމް އައުޓްބޯޑް އޮއިލްވެސް އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.
އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކުގެ އިންޖީނުގެ ބާރުގަދަކޮށްދީ، މަޑު ދުވުމެއް ކަށަވަރުކޮށްދިނުމަށް ކާރުތަކަށް ޚާއްސަ ޝެލް ހީލިކްސް އެޗްއެކްސް ފައިވް އަދި އެޗްއެކްސް ސިކްސް ބާޒާރަށް ވަނީ ނެރެފަ އެވެ. ސައިކަލުތަކަށް ޚާއްސަ ޝެލް އެޑްވާންސް ފޯޓީ އަދި ކަނޑު އުޅަނދުފަހަރަށް ޚާއްސަ ޝެލް އެޑްވާންސް މެރިން ޕްރީމިއަމް އައުޓްބޯޑް އޮއިލްވެސް ވިލާ ހަކަތައިން ފޯރުކޮށްދެ އެވެ.
މެޝިނަރީތަކުގެ ހައިޑްރޯލިކް ސިސްޓަމްތަކާއި ގިއަރބޮކްސްތަކުގެ ރައްކާތެރިކަމަށް ޝެލް ޓެލަސް، ޝެލް ސްޕައިރެކްސް އަދި ޝެލް އޮމާލާ ސީރީޒްގެ ހައިޑްރޯލިކް އަދި ގިއަރ އޮއިލް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން މެޝިނަރީތަކުގެ ބައިތައް ގޭނުމުން ސަލާމަތްކުރުމަށް ބޭނުންކުރާ މަތީ ފެންވަރުގެ ޝެލް ގޭޑަސް ގްރީސްވެސް ލިބެން ހުރެ އެވެ.
ވިލާ ހަކަތައަކީ ޝެލްގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށްވުމާއެކު، އެ ކުންފުނިން ވިއްކާ ތެލަކީ ސީދާ ޝެލްގެ ފެކްޓްރީތަކުން އުފައްދައި ފެންވަރު ކަށަވަރުކޮށްފައިވާ އަސްލު އުފެއްދުންތެކެވެ. މީގެ ސަބަބުން ނަކަލު ނުވަތަ ފެންވަރު ދަށް ތެޔޮ ބޭނުންކުރުމުން އިންޖީނުތަކަށް ލިބޭ ގެއްލުންތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ލިބިގެންދެ އެވެ.
ބިންތައް އަތުލާނަމަ ތި ފައްކާކުރައްވަނީ ބަގާވާތެއް: ނަޝީދު
އެމެރިކާގެ ބައެއް އުފެއްދުންތަކުން ކެނެޑާއިން ޓެރިފް ނަގަނީ
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
