މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ގ. ދޫގަސްގޭގަ އެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށާއި ކަމާބެހޭ އިދާރާތަކަށް ލިބިފައި ވަނީ މިއަދު ފަތިހު 5:27 އެހާކަން ހާއިރު އެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ހަތަރު ބިދޭސީންނަށެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ. މި އެންމެންނަށް ވެސް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޯޓުން ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަދީބު ދައްކައިފި
އީރާނުން 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިއްޖެ
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ގޭސް ފުޅިއެއް ނުގޮވާނެ. ގޭސް ލީކްވެފައި ހުންނަ ގަޑީގައި، ސްޕާކް ވެ އޭގައި ހުޅުހިފާ ގަޑީގައި ގޮވުމެއް އަންނާނީ.
ރިޕްލައި