ޔޫޓިއުބްގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ބެލި ކާމިޔާބު ވީޑިއޯ ކަމަށްވާ "ބޭބީ ޝާކް ޑާންސް"ގެ މައިގަނޑު ތަރި، ޕާކް ގިއޯންރޫން ލަވަކިޔުންތެރިއެއްގެ ގޮތުގައި އަލުން މިއުޒިކީ ދާއިރާއަށް ނުކުމެއްޖެ އެވެ.
އެ ވީޑިއޯއިން ފުރަތަމަ މަޝްހޫރުކަން ހޯދިތާ 10 އަހަރު ފަހުން މިހާރު އުމުރުން 17 އަހަރުގެ ޕާކް ވަނީ "ބޭބީ ޝާކް ބޯއިގެ ނަމުގައި އޭނާގެ ފުރަތަމަ ސޯލޯ ކޭ-ޕޮޕް ޑިޖިޓަލް ސިންގަލް ނެރެފަ އެވެ.
މި ލަވައަށް ދީފައިވާ ނަމަކީ 'ވޭވް' އެވެ. ބޭބީ ޝާކްގެ ކޮޕީރައިޓް އޮންނަ "ދަ ޕިންކްފޮންގް" ކުންފުނީގެ އެހީތެރިކަމާއެކު ނެރުނު މި ލަވަ ފެށިގެންދަނީ ކުދިބޮޑު އެންމެންގެ ތެރޭގައި ވެސް މަޝްހޫރު ވެފައިވާ "ބޭބީ ޝާކް" ގެ ރާގުންނެވެ. އެއަށްފަހު ލަވަ ބަދަލުވެގެންދަނީ އިލެކްޓްރޯޕޮޕް އަދި ޓްރެޕް މިއުޒިކްގެ ވައްޓަފާޅި އަކަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕާކް ބުނީ، 2016 ވަނަ އަހަރު ނެރުނު "ބޭބީ ޝާކް ޑާންސް" ވީޑިއޯއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އުފާވެރިކަން ގެނެސްދިން ލަވައެއް ކަމަށާއި، މީގެ 10 އަހަރު ކުރިން އޭނާ އެނގޭ މީހުން އަދިވެސް ތިބުމުން ވަރަށް އުފާވާ ކަމަށެވެ.
އެއާއެކު މި ލަވައަކީ އެއް ފަހަރަކަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އޭނާގެ މިއުޒިކީ ދިގު ދަތުރުގެ ފެށުން ކަމަށް އޭނާ ފާހަގަކުރި އެވެ.
މި އާ ލަވައިގެ ލިރިކްސް ލިޔުމުގައި ޕާކް ބައިވެރި ވެފައިވާއިރު، މި ލަވަޔާއެކު ޕިންކްފޮންގް ކުންފުނިން ވަނީ "ވޭވް: ބިކަމިންގ ބޭބީ ޝާކް ބޯއި" ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ނެރުމަށް ވެސް ތައްޔާރުވެފަ އެވެ.
މި ޑޮކިއުމެންޓްރީން ކުޑަކުދިންގެ ޝޯތަކުން ފެނުނު ކުއްޖާ، ކޭ-ޕޮޕް ފަންނާނަކަށް ބަދަލުވެގެން އައި ގޮތުގެ މަންޒަރުތައް ފެނިގެންދާނެ އެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްޑީ ޝިއުރީ އިސްތިއުފާ ދެއްވައިފި
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
އީރާނުން ތެޔޮ އެކްސްޕޯޓް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި