ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް "ރާއްޖޭގައި ބިދޭސީން ވަޒީރުކުރުމުގެ ގަވައިދު" އަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.
މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގަވައިދު އާންމުކޮށް ޝާއިއުކުރާތާ އެއް މަސްދުވަހުގެ ފަހުންނެވެ.
ބިދޭސީންގެ މުސާރައާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް 2016 ވަނަ އަހަރު ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެކަން ނުކުރާ ފަރާތްތައް ޖޫރިމަނާކުރަން ފެށި އެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ސަބަބުން ބޭންކު އެކައުންޓު ނުހުޅުވޭތީ، އެ މުއްދަތުގައި އޭރު ޖޫރިމަނާކުރުން މަޑުޖައްސާލި އެވެ.
ސަރުކާރުން އަލުން މި ގަވައިދު ހަރުދަނާކޮށް އަމަލުކުރަން މިއަދު މި ފެށީ، ގަވައިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށްފަހުގަ އެވެ.
އޭރު ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ގާނޫނުން ލާޒިމްކުރި މައިގަނޑު ބޭނުމަކީ، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ 3 އިންސައްތައިގެ ރެމިޓެންސް ޓެކްސް ދައުލަތަށް އަތުލުމެވެ.
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ