ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ރޫޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނީ، ކާނިވާ ސްޓޭޖުގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ފީވެ، އޭގެ ބައެއް ބައިތައް ވެއްޓެމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުންނާއި އުޅަނދުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ދަގަނޑު ބައިތައް ރޫޅާލައި ހުސްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އެހެންކަމުން، މަސައްކަތް ނިމެންދެން އެ ސަރަހައްދުގައި ހުރި އުޅަނދުތައް މިރޭ 11:00ގެ ކުރިން ނަގައި، އެ ސަރަހައްދު ހުސްކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުން އެ ސަރަހައްދަށް ނުވަނުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މީގެ އަހަރެއް ކުރިން ވެސް ކޮށްފައިވެ އެވެ. މީގެއިތުރުން އެ ސްޓޭޖު ތަޅާލައި އައު ސްޓޭޖެއް ހެދުމަށް މިދިޔަ އަހަރުގެ މާރިޗު މަހު 4 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި ނަމަވެސް، ފަހުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
ކޯޓުން ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަދީބު ދައްކައިފި
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!