އިސްލާމީ އުއްމަތަކީ އެއް އުއްމަތެކެވެ. އެއް ފުރާނައެއް ލިބިގެންވާ އެއް ހަށިގަނޑެކެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑަށް އެކަމުގެ އިހުސާސް ކުރެވެ އެވެ. އިސްލާމީ އަޚުވަންތަ ކަމަކީ އެހާވެސް ވަރުގަދަ ގުޅުމެކެވެ.

މިއަދު ފެނިގެން މި ދަނީ އެ މަންޒަރެވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހާލަތު ފެނި އަހަރުމެންގެ ލޮލުން ކަރުނަ ފާއްދާލަ އެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގައި ނިކަމެތިވެ ބިކަވާ އާއިލާތަކުގެ ވާހަކަތައް އިވި ހިތް ފަޅައިގެންދެ އެވެ.

އަހަރުމެންގެ ގައުމަކީ ނިސްބަތުން ކުޑަ ގައުމެކެވެ. މީސްކޮޅު މަދު ގައުމެކެވެ. ނަމަވެސް ފަލަސްތީނުގެ ޙައްގުގައި ނުކުތުމަށް ދިވެހިން އެއް އިރެއްގައި ވެސް ފަހަތަށް ޖެހިފަ އެއް ނުވެ އެވެ. ޔަހޫދީ ޒައަނިސްޓުންނާ ދެކޮޅަށް އަޑު އުފުލުމުގައި މި ކުޑަކުޑަ އިސްލާމީ މުޖުތަމައު، ހާއްސަކޮށް އެ މުޖުތަމައުގެ ޒުވާނުން ދަނީ މުސްލިމް އެހެން ގައުމުތަކަށް މިސާލު ދައްކަމުންނެވެ.

އިޒްރޭލާ ދެކޮޅަށް ރ. މީދޫ ޒުވާނުންތަކެއް އެ ރަށުގެ މަގުތަކުގައި އަޑު އުފުލަނީ. އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ވެސް ގިނަ ބަޔަކު ދަނީ އަޑު އުފުލަން ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ފާއިތުވި ހަފްތާގެ ތެރޭގައި އިޒްރޭލުގެ ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަން ފަލަސްތީނުގެ މުސްލިމުންގެ މައްޗަށް އާއްމުވުމާއެކު އެކަމާ ދެކޮޅަށް އަޑު އުފުލަން ފެށި އެންމެ ފުރަތަމަ މީހުންގެ ތެރޭގައި ދިވެހި ޒުވާނުން ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި އަޑު އުފުލަން ފެށި އެވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯބި ދައްކުވައިދޭން ސައިކަލު ބުރުތައް ބޭއްވި އެވެ. ކޮފީތަކުގައި އެންމެ ގިނައިން އޯޑަރު ކުރެވޭ ބުއިމަކީ "ލަވާޒާ" ކޮފީ ކަމުގައި ވިޔަސް އެ ބްރޭންޑުން ފަލަސްތީނާ ދެކޮޅު ޝުއޫރުތަކެއް އާއްމު ކުރި ހިސާބުން ފެށިގެން "ލަވާޒާ" ބުއިން ހުއްޓާލައި އެ ބްރޭންޑް ވެސް ބޮއިކޮޓް ކުރުމަށް ގޮވާލި އެވެ.

އިޒްރޭލާ ދެކޮޅަށް ރ. މީދޫ ޒުވާނުންތަކެއް އެ ރަށުގެ މަގުތަކުގައި އަޑު އުފުލަނީ. އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ވެސް ގިނަ ބަޔަކު ދަނީ އަޑު އުފުލަން ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ދެން އޮތީ ފަލަސްތީނުގައި ބިކަވެފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވާން ދިވެހި ޒުވާނުންތަކެއް ނެގި ފުރިހަމަ އިސްނެގުމެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ދަށުން މިހާރުވެސް ފަލަސްތީނުގެ 200 އަށްވުރެ ގިނަ އާއިލާއަށް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އިޒްރޭލާ ދެކޮޅަށް ރ. މީދޫ ޒުވާނުންތަކެއް އެ ރަށުގެ މަގުތަކުގައި އަޑު އުފުލަނީ. އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ވެސް ގިނަ ބަޔަކު ދަނީ އަޑު އުފުލަން ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ޒުވާނުންގެ މި މަސައްކަތްތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަމުން ދާކަމީ މިއަދު އަހަރުމެން ފަޚުރުވެރިވާން ޖެހޭ ކަމެކެވެ. ދުނިޔޭގެ ފެންވަރުގެ މީޑިއާތަކުގައި އިޒްރޭލާ ދެކޮޅަށް ތެދުވުމުގެ ވާހަކަ ދެކެވޭއިރު މި ކުޑަ ކުޑަ ރާއްޖޭގެ މިސާލު ދިނުމަކީ ދިވެއްސަކަށް ވީތީ މޭ ފުރާލަން ޖެހޭ ކަމެކެވެ. ޚުދު ގުދުސްގެ އިސްލާމީ ކައުންސިލްގެ މެމްބަރަކު ދިވެހި ރާއްޖެއަށް ޝުކުރު އަދާކޮށް ދިވެހިން ދައްކަމުންދާ ނަމޫނާ ފާހަގަ ކުރުމަކީ ވެސް ދިވެހި ޒުވާނުންގެ މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމުގައި ނޫނީ ނުވާނެ އެވެ.

https://www.youtube.com/watch?app=desktop&v=5lT3Toi06uo&fbclid=IwAR0rLJAjvhbpDaxf-mCNL6Kt40Wc1HhNq2e350m36vleJoWculkB8A6wN5g

ދިވެހި ޒުވާނުންގެ އަޑަކީ އެއް އަޑެކެވެ. ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ ހައްގުގައި އުފުލާ އަޑެވެ. އަނިޔާވެރި ޔަހޫދީންނާއި ޒައަނިސްޓުންނާ ދެކޮޅަށް އުފުލާ އަޑެވެ.

މާތް ﷲގެ އިރާދަފުޅާއެކު ދިވެހިން ތިބޭނީ މިގޮތުގަ އެވެ. އިސްލާމީ އުންމަތުގެ ހައްގުގަ އެވެ. އާނއެކެވެ. ދިވެހި މި ގައުމު އޮތީ ފަލަސްތީނާ އެކުގަ އެވެ.