ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އިތުރު ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނިގޮތުގައި މިއަދު ހެނދުނު 8:07ގައި މަރުވީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ދެވަނަ މަރުވީ މިއަދު ހެނދުނު 10:49 ގަ އެވެ. އެއީ 62 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެ މަރާއެކު ޖުމްލަ އަދަދު ވަނީ 125 އަށް އިތުރުވެފަ އެވެ. މިމަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 52 އަށް އިތުރުވެފަ އެވެ.

ކޮވިޑަށް ރާއްޖެއިން އިއްޔެ އެކަނި 1،960 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

މި ބަލީގައި މިހާތަނަށް 54،365 މީހުންނަށް ޖެހުނުއިރު އެކްޓިވް ކޭސްގެ އަދަދު 22،421 އަށް ވަނީ އިތުރުވެފަ އެވެ. އަދި 31،812 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ