ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވި އަދަދު 37 އަށް ތިރިވެއްޖެ އެވެ.

މިއީ ފާއިތުވި ދެ ދުވަހަށްފަހު ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 50ން މަތީގަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24ގަޑިއިރުގެ ތެރޭގައި 37 މީހުން ޕޮޒިޓިވްވެފައި ވަނީ ނެގި 1،427 ސާމްޕަލްގެ ތެރެއިން އެވެ.

އަލަށް ޕޮޒިޓިވްވި 37 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 6 ބިދޭސީންނެވެ. މީގެ ތެރެއިން 43 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި ތިން މީހަކު ޕޮޒިޓިވްވެފައި ވަނީ އެހެން ރަށްތަކުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،194 އަށް އަރައިފަ އެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،166 މީހުންނެވެ. އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 80 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރޭޓާ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށަކުންނާއި 23 ރިސޯޓަކުން ކޮވިޑްގެ އެކްޓިވް ކޭސްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 11 ޓޫރިސްޓަކާއި 20 މުވައްޒަފެއް ހިމެނެ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ދެ މީހަކަށް ފަރުވާދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ހަތް ބިދޭސީންނެވެ.