ސިނަމާލެ ބްރިޖް މަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި އާމިރަށް ލިބިފައިވާ އަނިޔާތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދާން ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއް ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހަވީރު 5:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އާމިރާއި އޭނާގެ އާއިލާގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ކެއުންތަކުގެ ފައިދާ ހަށިގަނޑަށް ކުރަނީ ތަފާތު ވަގުތުތަކުގައި!