ކޯޕަންހޭގަން (28 މެއި)- ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދެވިގެން ނޫނީ ޕެންޑަމިކް ނުނިމޭނެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ޔޫރަޕްއަށް ކަނޑައަޅާފައި ހުންނަވާ ޑރ. ހެންރީ ޕީ ކަލްޖް ވިދާޅުވެއްޖެ އެވެ.
ޑރ. ކަލްޖް ވިދާޅުވީ އަލަށް ފެންނަ ވައިރަހުގެ ވޭރިއަންޓްތަކުގެ ސަބަބުން ޕެންޑަމިކްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އަލަށް ފެނުނު އިންޑިއާ ވޭރިއަންޓަކީ އޭގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓްއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް އެންމެ މުހިއްމުކަމަކީ ވަގުތު ކަމަށާއި މިހާރު ވެސް ގިނަ ވަގުތުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޔޫރަޕްގައި ވެކްސިން ޕްރޮގްރާމްތައް ހިންގުން ލަސްކަން ފާހަގަ ކުރައްވައި ޑރ. ކަލްޖް ވިދާޅުވީ ވެކްސިން ޕްރޮގްރާމްތަކުގެ ސްކޭލް ބޮޑުކޮށް، ސްޕީޑް އަވަސް ކުރަން ޖެހިފައިވާ ކަމަށެވެ.
މިހާތަނަށް ޔޫރަޕްގެ އާބާދީން ވެކްސިން ދެވިފައި ވަނީ އެންމެ 36.6 ޕަސެންޓް އަށެވެ. އަދި ސެންޓްރަލް އޭޝިއާއިން ވެކްސިން ދީފައިވަނީ 26 ޕަސެންޓް އާބާދީއަށެވެ. – ސްޓްރެއިޓް ޓައިމްސް
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ޗެއިން
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟