ލަންޑަން (30 މެއި) - އިގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ސިއްރިއްޔާތުގައި އޭނާގެ ބައިވެރިޔާ ކެރީ ސައިމަންޑްސް އާ ކައިވެނި ބައްލަވައިގަނެފި އެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖޯންސަންގެ ކައިވެނި އޮތީ ސެންޓަރަލް ލަންޑަންގެ ވެސްޓް މިނިސްޓާ ކެތެޑްރަލްގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.
ޖޯންސަންގެ ކައިވެނީގެ ޚަބަރު އޭނާގެ އޮފީހުގެ ސީނިއާ މުވައްޒަފުންނަށް ވެސް ނޭނގޭ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ކައިވެންޏަށް ދައުވަތު ދިނީ މަދު ބަޔަކަށް ކަމަށާއި ކައިވެނީގެ ކުރިން ކެތެޑްރަލް ހުންނަ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ވެސް އެ ޚަބަރުތަކުގައިވެ އެވެ.
ޖޯންސަން 56، އަދި ކެރީ 33، ދަނީ 2019 ވަނަ އަހަރުން ފެށިގެން އެކުގައި ދިރިއުޅުއްވަމުންނެވެ. އެ ދެ ބޭފުޅުންނަށް 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ބޭފުޅަކު ވެސް ލިބިވަޑައިގެންފަ އެވެ.
ޖޯންސަން މީގެ ކުރިން ދެ ކައިވެންޏެއް ކުރައްވާފައިވާއިރު އެ ކައިވެނިތަކަށް ބޭފުޅުން ލިބިވަޑައިގެންނެވި އަދަދު ހާމަކުރައްވަން ޖޯންސަން ދެކޮޅު ހައްދަވަ އެވެ. -- ރޮއިޓާސް
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!