މާލޭގެ މިސްކިތްތައް ބަންދުކުރަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ސޮއި ކުރައްވައި މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ ވަނީ މާލެ ސިޓީގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައި ވާތީ، އަޅަފައިވާ ފިޔަވަޅުތައް ތަންފީޒު ނުކުރެވޭ މައްސަލައިގައި ޕޮލިސީ ގްރޫޕުގައި މަޝްވަރާކުރެވުނު ކަމަށެވެ.
މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރަން ޕޮލިސީ ގްރޫޕުން ނިންމީ މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތަކާއި އިސްކުރުބަރިތައް ބަންދުނުކޮށް ހުންނާތީ އަދިވެސް ގިނަ ބަޔަކު އެތަންތަން ބޭނުންކުރާތީ ބަލި ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ކަމަށް ސިޓީގައިވެ އެވެ.
އެހެންކަމުން، ޕޮލިސީ ގްރޫޕުގެ ނިންމުމާ އެއްގޮތަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ބަންދުކޮށް ބޭނުން ނުކުރެވޭ ގޮތަށް މިސްކިތްތަކުގެ ފެން ކަނޑާލުމަށާއި، މިސްކިތްތަކުގެ ފާހާނާތައް ބަންދުކުރަން އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ.
މާލެގޭގެ ގިނަ ގެތަކުގައި ތޮއްޖެހިގެން އުޅޭތީ ނަމާދު ކުރުމަށް ގޭގައި ނަމާދު ކުރުމަށް ދަތިވާތީ، މިސްކިތަށް ދިޔުމުން ޖޫރިމަނާ ކުރާ ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާއަށް ރައްޔިތަކު ހުށަހެޅި ޝަކުވާއެއް ޓްވިޓާގައި ހިއްސާކުރައްވާފަ އެވެ.
ލާދީނީ ވެރިން ތިޔަޒާތު އަމުރު ކުރީމާ ލާދީނީ ކިޔާނެ ކަމަކުނެތޭ.އަބަދު އެންމެންނެއް ހަމާގަ ތިބެދާނެ ކަމަށް ދެކޭނެ ކަމަކުނެތޭ.
އަޅުގަޑުމާދެރަވޭ ގެފުޅުވަކިބަޔެށްގެ މިލުކަކައް ހަދާގެން އުޅޭތީ ... ސައުދީގެ މިލުކެއް ނޫންއެޔަކީ. އެއީ މުޅި އިސްލާމީ ޢުންމަތުގެ މިލުކެއް .....އެކަމާދެރާވާ އެކަކު ވެސް ނުފެނޭ. މިބަލިމަޑުކަމާހެދި ދެވެނީ 60ހާސްމިހުނައް އެއީ މުޅި ދުނިޔައިން ދެވޭވަރު ކިހާދެރަ...... ކަރުގަ ލޭރަހަ ލާވަރައް އެވާހަކަ ދައްކަބަލަ. މާރަގަޅުވާނެ ސަލާމް.....
ކަލޯ ﷲގެ ގެކޮޅުތަކެއް ނޫން ބަންދުކުރަންވީ. އެލް. ޖީ. އޭ ބަންދުކުރަންވީ