ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނުނެގޭ ގޮތަށް ރައީސްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ބާރު ދޭން އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައިމުގެ ބިލުގައި މާއްދާއެއް ހިމަނައިފި އެވެ.
އެ އިސްލާހު ގެންނަ ބިލު ސަރުކާރުގެ ފަރާތުން މަޖިލީޙަށް ހުށަހެޅީ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ.
އޭނާ ހުށަހެޅުއްވި ބިލުގައި ޓެކްސް ނެގުން ހާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ހިމަނާފައިވެ އެވެ.
އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ނުނަގާނެ އެވެ. މީގެ އިތުރުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވެ އެވެ. އެގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެންނެވެ.
ވަޒީރުންގެ މަޖިލީހުގެ އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އިސްތިސްނާ ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓްކުރަން ޖެހޭނެ އެވެ.
ރައީސް މިހާރުވެސް ހުންނަކަންވެސް ނޭނގޭ. މަޑުމަސް މީހެއް އަނެއްކާ ޓެކްސް ނަގަން ހިންގަންވީމަ ދެން އެއްވެސް ވަގުތެއް ނުވާނެ