އައްޑޫގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކާޅުތައް މަރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި ފިޝަރީޒް މިނިސްޓްރީގައި އައްޑޫ ސިޓީ ކައުންސިލުން އެދެފި އެވެ.
އެ ކައުންސިލުން މިއަދު ބުނީ ކޮން ބައެއްކަން ނޭނގޭ ބަޔަކު، އައްޑޫގެ އަވަަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި ކާޅުތަކުގެ ނުރައްކާ ދޮންދީނ ތަކަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި ދޮންދީނިތައް މަރައި، ޅަ ދޮންދީނިތަކާއެކު ކައި ހުސްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
"[އެހެންވެ] އައްޑު އަށް ދޫކޮށްލާފައިވާ ކާޅުތައް ނައްތައިލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދި ކައުންސިލުން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިފައި،" ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކާޅުތައް ނައްތާލުމުގެ ހުއްދަ އަށް އެދި އެޗްޕީއޭ އާއި އެގްރިކަލްޗަ މިނިސްޓްރީގައި ވެސް ދަންނަވާފައި،" ރާއްޖޭގައި އައްޑު އަށް ހާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު ދޮންދީނިތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ބުނެފައިވެ އެވެ.
އައްޑޫން ގިނަ އަދަދަކަށް ކާޅު ފެންނާތީ ބައެއް އާއްމު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން އައްޑޫގައި އުޅޭ ކާޅެއް ދޮންދީނިއަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ކާޅުތައް ދަނީ ދޮންދީނި ހާލިތަކަށް ހަމަލާދީ ކުދި ދޮންދީނި މަރަމުންނެވެ. އަދި ބޮޑެތި ދޮންދީނަށް ހަމަލާދީ އެ ދޫނިތައް ވެސް މަރަމުންދާކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ކާޅުތަކުގެ ސަބަބުން އައްޑޫގެ ދޮންދީނީގެ އާބާދީ އަށް ނުރައްކާވެފައި މި ވަނީ އެ ދޫނީގެ އާބާދީ ބެލުމަށް މިދިޔަ މަހުގެ 15-30 އަށް އައްޑޫގައި ސާވޭއެއް ވެސް ކޮށްފައި ވަނިކޮށެވެ. ދޮންދީނި އަކީ އައްޑޫ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒުކޮށްދޭ ދޫންޏެކެވެ.
ހަމަ ކާޅު ކަަަލުވީމަ ތަފާތުކުރްނީ، ބްލެކް ލައިފް މެޓާސް...
ޒަމާނުއްސުރެ ދިވެހީން ކާޅާއިމެދު ދެކެމުންއައި ނަސްލީތަފާތުކުން ނިމުމަކައްގެނެސް ކާޅައްކުރާއަނިޔާ ހުއްޓާލާ.