ގއ. ދާންދޫގައި ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދާންދޫގައި ދެބައެއްގެ ދެމެދުގައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ރޭ 23:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކަށް ފަރުވާދިނުމަށްޓަކައި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!
16 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕްތަކެއް މަނާކުރަނީ
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން
