ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިސްމަގާމުތަކަށް ބޭރު ގައުމުގެ މީހުން ނެގުމަށްފަހު އެއާޕޯޓުގެ މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
ވީއައިއޭ ހިންގުމާ ހަވާލުވެ ހުންނެވި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ ވަޒީފާތަކަށް މީހުން ހޯދާކަން އަންގާ މީޑިއާތަކަށް އެ ކުންފުނިން ފޮނުވާފައިވާ ބަޔާނެއްގައި ބުނީ ވީއައިއޭއަކީ ރާއްޖޭގެ އިގްތިސޯދުގައި ހިއްސާވާ އެންމެ ބޮޑު ބައިވެރިޔާކަމަށް ވުމުން އެ އެއާޕޯޓުގައި އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށްދާއިރު އެ މަޝްރޫއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މީޑިއާތަކަށް ފޮނުވި މެއިލްގައި އެމްއޭސީއެލުން ބުނީ، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓަށް ގާބިލް ދިވެހިންގެ ޓީމެއް އެކުލަވާލުމަށްޓަކައި ދިވެހިން ކޮންމެހެން ބޭނުންވާ ކަމަށެވެ. އަދި ބުނީ އަލަށް މަގާމަށް އައްޔަން ކުރާ މުވައްޒަފުން ތަޖުރިބާ ހުރި މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީއައިއޭގެ އިސް މަގާމުތަކަށް ބޭރު މީހުން ހޯދާތީ އާއްމުން ދަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ވީއައިއޭގެ މެނޭޖިން ޑިރެކްޓަރަކަށް މި ވަގުތު ހުންނެވީ ވެސް ބޭރު މީހެކެވެ.
ސީއީއޯ / އެމްޑީގެ މުސާރަ 30000 އެމެރިކާ ޑޮލަރު. ޗީފް ލެވެލްއަށް ގެނައި އިނގިރޭސި ވިލާތުގެ މީހުންގެ މުސާރަ 20000-26000 އެމެރިކާ ޑޮލަރު.
އެތަނުގައި ވަޒީފާ އަދާކުރާ މީހަކު ބުނީ އެއަރޕޯޓުގެ އެންމެ އިސްކޮށް ހުރި މީހާ އަކީ ކޮންމެވެސް އެއަރޕޯޓެއްގަ ފައިނޭންސް ދާއިރާގަ އުޅު މީހެއް ކަމަށް ވަނީ. ކަމެއް ކުރަން ނޭނގޭތީ އެއަރޕޯޓު ހިންގަނީ ދިވެހިން ކުރެން އަހައިގެން ކަމަށް. ކޮންމެވެސް ކަހަލަ ހަރުގަނޑެއް ގަންނަ ވާހަކަ ބުނީމާ ވެސް ބުނީ ޕުރެޒެންޓޭޝަނެއް ހަދައިގެން އަންނާށޭ.
މިސަރުކާރުގެ ޕޮލިސީއަކީ ބިދޭސީންނަށް ބޮޑެތި މުސާރަ ލިބޭ މަތީ ވަޒީފާތަކެއްދީފަ އޭގެ ދަށަށް ކުޑަ މުސާރައެއް ދީފަ ދިވެހިން ބޭތިއްބުން. މިއީ ވަރަށް ބޮޑުސިއްރެއް. އެއިރުންނޫންތޯ 5 އަހަރު ހަމަވެގެން 500 ހިފައިގެން އާދޭތޯ ބަލަބަލާ އިންތިޒާރުގަ ތިބޭނީ. މިހެން ބުނަން މިޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑުމެން ރެޔާ ދުވާލު މަސަތްކަތް ކޮއްގެން ދަރިންނަށް ތަޢުލީމް ހޯދާދީ މަތީ ފާސް ހާސިލްކޮއްދީގެން ވަޒީފާއެއް ހޯދަން އެކުދިން ނިކުމެ ސަރުކާރުގެ މުއައްސަސާތަކަށް އެޕްލައި ކުރީމަ ދެއްވާ ޖަވާބަކީ އޯވާ ކޮލިފ