އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުން އަހްމަދު ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވަމުން ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އިންތިހާބުތަކުގައި އިހްލާސްތެރި ކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނުކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށެވެ.
ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން އަދާކުރެއްވުމުގެ ކުރިން ޝަރީފް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމުތަކެއް ފުރުއްވާފަ އެވެ.
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
ބޮޑު ކުންފުނިއެއްގެ ވެރިކަން ލިބުނީ ޔަގީން