ޗައިނާއަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އާއްމުކޮށް ދެއްކުން ހުއްޓާލުމަށް އެ ގައުމުން ގޮވާލައިފި އެވެ.
ހުޅަނގުގެ އަސްކަރީ އިއްތިހާދު ނޭޓޯއިން ނެރުނު ބަޔާނަކާ ގުޅިގެން މިހެން ގޮވާލައިފައި ވަނީ ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ ޗައިނާގެ މިޝަން އިންނެވެ.
ނޭޓޯއިން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗައިނާގެ އަމަލުތައް ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ ޚިލާފުވާކަމަށާއި އެކަމުގެ ސަބަބުން އެ އިއްތިހާދުގެ މަގްސަދުތައް ހާސިލުކުރުމުގައި ބޮޑެތި ގޮންޖަހުންތަކެއް ކުރިމަތިވާ ކަމަށެވެ.
ބަހުގެ ގިނަ ހަމަލާތަކެއް ޗައިނާއަށް އަމާޒުކޮށްފައިވާ މި ބަޔާނަށް ރައްދު ދެމުން ޗައިނާއިން ބުނީ އެ ގައުމަކީ އަބަދުވެސް ބައިނަލްއަގްވާމީ މަސްލަހަތަށް މަސައްކަތްކުރާ ގައުމެއް ކަމަށާއި ނަމަވެސް އެ މަސައްކަތުގައި އެ ގައުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ނަމަ އެކަމަށް ރައްދުދޭން އެ ގައުމުން ފަސް ނުޖެހޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ބޭއްވި އެންމެ ފުރަތަމަ ނޭޓޯގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގައި ހީނަރުވެފައިވާ އެމެރިކާއާއި ނޭޓޯގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ނޭޓޯގެ މި ބަޔާނުގެ އިތުރުން ނިމިދިޔަ ޖީސެވަންގެ ބައްދަލުވުމުގައި ވެސް ޗައިނާއަށް ވަނީ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުވެ، ގިނަ ފާޑުކިޔުންތަކެއް ވެސް ރައްދުވެފަ އެވެ. --އަލް އަރަބިއްޔާ
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!