މާލޭގެ ދެކުނު ފަރާތު ފަޅުގައި އޮތް ތިން ލޯންޗެއްގައި މިއަދު ހެނދުނު ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބޮޑުތަކުރުފާނު މަގު މޭރީބްރައުންއާ ދިމާލު ފަޅުތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6:15 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން އާއްމުކުރި ފޮޓޯތަކުގައިވާ ގޮތުން ރޯވި ތިން ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސިފައިން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މެރީބްރައުންއާ ދިމާލު ފަޅުތެރޭގައި އޮތް ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ސަރަހައްދުގައި އަޅާފައިވާ ލޯންޗްތަކުން ވައްކަންކުރާ ކަމުގެ ޝަކުވާ ލޯންޗްތަކުގެ ވެރިން ދަނީ ކުރަމުންނެވެ.