މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރުކަމަށް އެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮންނަ ޕީޕީއެމުން ވާދަ ކުރައްވާ ކެނޑިޑޭޓަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް ހޮވިއްޖެ އެވެ.

ޕީޕީއެމްއިން ބުނީ ޑެޕިއުޓީ މޭޔަރުކަމަށް ތިން ބޭފުޅުން ވާދަކުރެއްވިއިރު، އެންމެ ގިނަ ވޯޓް ލިބިފައިވަނީ ނަރީޝްއަށް ކަމަށެވެ. އެގޮތުން ނަރީޝްއަށް 5 ވޯޓް ލިބިފައިވާ ކަމަށް އެ ޕާޓީއިން ބުނެ އެވެ.

ނަރީޝްގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ދެން ވާދަކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ސުޖާއު އާއި ވިލިމާލެ ދާއިރާގެ ކައުންސިލު މެމްބަރު ނަހުލާ އަލީ އެވެ. ޝުޖާއުއަށާއި ނަހުލާއަށް ލިބިވަޑައިގަތީ 4 ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ ގޮނޑީގެ އަދަދަކީ 19 އެވެ. އޭގެ ތެރެއިން 13 މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުން މާދަމާ އޮންނާނެ އެވެ.