ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން އިއުލާންކުރި އުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހިމް ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

އަބޫބަކުރު ގެއްލިގެން ހޯޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިއަދު ހެނދުނު އެވެ. ފުލުހުން ބުނީ ޖޫން 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިމަހު 19 ވަނަ ދުވަހު ކަމަށެވެ. އަބޫބަކުރު ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

މިއަދު ހަވީރު ފުލުހުން ވަނީ އޭނާ ފެނުނުކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ފެނުނު ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ އަބޫބަކުރު ހޯދުމަށް ފުލުހުން ކުރި ޕޯސްޓު ހިއްސާ ކުރެއްވި ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.