ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު ގޮނޑޮދޮށަށް އެއްލާލާފައިވާ އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ފިލާ ތިބީ ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި ކަން ހާމަވެއްޖެ އެވެ.
ރާއިފް މަރާލި މައްސަލާގައި ހައްޔަރުކުރި ދެ ޒުވާނުން ފިލާ ތިބީ ހ. އެކްސްޓްރާ ހެވަން ކިޔާ ގެސްޓްހައުސްއެއްގަ އެވެ.
ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރު ވެފައިވާ ބަންގްލަދޭޝްގެ ބަސްގަރު ހުސައިން ބުނީ އެތަނަށް ފުލުހުން އައިސް މީހެއްގެ ފޮޓޯ ދައްކާފައި އެމީހާ ބެހޭ މައުލޫމާތު ހޯދި ކަމަށެވެ. އަދި އެ ގެސްޓް ހައުސަށް އެ ދެ މީހުން އައިތޯ ސުވާލު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ފޮޓޯގައި ހުރީ އެ މައްސަލާގައި ހައްޔަރު ކުރި އެކަކު ކަމަށް ވެސް ބަސްގަރު ވަނީ ބުނެފަ އެވެ.
ބަސްގަރު ބުނި ގޮތުގައި އެމީހުން ތިބީ އެގެސްޓް ހައުސްގެ 202 ނަންބަރު ކޮޓަރީގައި ކަމަށާއި އެކޮޓަރިއަށް ފުލުހުން ވަނީ ދޮރު ފަޅާލައިގެން ކަމަށެވެ. ބަސްގަރު ބުނި ގޮތުގައި ގެސްޓްހައުސްގެ ދެވަނަ ފްލޯގެ 202 ނަންބަރު ކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ފޮޓޯ ދެއްކި އެވެ.
"ފުލުހުން އައިސް ފޮޓޯ ދެއްކީ. އަހަރެން ބުނި އެ މީހުން އެބަތިބި 202 ކޮޓީރީގައި ކަމަށް. ކޮޓަރީގައި ޓަކި ދިނީމާ ވެސް ދޮރެއް ނުހުޅުވި. ޕޮލިސް ތިބި ވާހަކައެއް ނުބުނަން،" ގެސްޓް ހައުސްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ބެހޭ ގޮތުން ބަސްގަރު ބުންޏެވެ. "ދެން ދޮރު ނުހުޅުވީމާ ތަޅުދަނޑި ހިފައިގެން ގޮސް ހުޅުވަން އުޅުމުން ވެސް ނުހުޅުވުން. ދެން ފުލުހުން ދޮރު ފަޅާލާފައި ދޮރު ހުޅުވީ."
ގެސްޓްހައުސް އަށް ފުލުހުން ވަނީ ރޭ 9:30 ހާއިރު އެވެ. ދޮރު ހުޅުވިއިރު ކޮޓަރި ތެރެއިން ލޭ ފެނުނު ކަމަށާއި އެއީ ކޮންތަނަކުން އައިސްހުރި ލޭ ކަމެއް ވެސް ނޭނގޭ ކަމަށް ބަސްގަރު ވަނީ ބުނެފަ އެވެ.
ބަސްގަރު ބުނި ގޮތުގައި ކޮޓަރި އެތަނުން ހިފީ ކުޑަ ކުއްޖާ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ދެ މީހުން ނޫން ކަމަށެވެ. ކޮޓަރި ހިފި މީހާ އެ މީހުންނަށް ކާއެއްޗެހި ހިފައިގެން އަންނަ ކަމަށް ވެސް އޭނާ ބުނި އެވެ.
ރާއިފް އެ ގެސްޓް ހައުސަށް ނުދާ ކަމަށާއި އެ ދެ މީހުން ގެސްޓް ހައުސް އައީ އާދިއްތަ ދުވަހުގެ ރޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ މީހުން ކޮޓަރިއަށް ވަން ގޮތަކަށް އެ މީހުން އެތަނުން ނިކުމެފައި ނުވާ ކަމަށް ވެސް ބަސްގަރު ބުންޏެވެ.
ބަސްގަރުގެ ޝަކުވާ އަކީ ފުލުހުން އެތަން ޗެކުކުރިއިރު ކޯޓް އަމުރު ނުދެއްކުމުންނެވެ.
ދެކުނުގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ މަރުގެ ތުހުމަތުގައި ގެސްޓް ހައުސްއިން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. މިތަނުން ހައްޔަރު ކުރި އެ މީހަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މީހުން އެ ކުއްޖާއަށް ވަރަށް އަނިޔާ ކޮށްފައިވާ ކަމަށާއި ޖިންސީ އަނިޔާ ވެސް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މިމައްސަލާގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިމައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ ފުލުހުންނަށް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިމައްސަލާގައި ކުޑަ ކުދިންގެ ހިމެނޭތީ އެއްވެސް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ވަނީ އެދިފަ އެވެ.
މިމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާއަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެ އާއިލާއަކީ ވެސް އެ މިނިސްޓްރީއާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ އާއިލާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޖަސްގަރު ބުނީ ކޯޓް އަމުރު ނުދައްކާކަމަށް. އެހެންވީމާ އެމީހުން ސަލަމަތްވާނެތާ. ދެން ޖަސްގަރު ގާތު އަހާބަލަ އޭނާ ގެސްޓް ހައުސް ހިންގަނީ ހުއްދަނަގައިގެންތޯ އަދި އޭނާއަތުގަ ވިސާ އެބައޮތްތޯ.
ތި ގެސްޓް ހައުސްގަ ނޫނީ ކައިރި ހިސާބެއްގަވެސް ކެމެރާ އެއް ނެތްބާ ، ތިޔަ ބަސްގަރަށް ފޮޓޯ ދައްކަން ޖާ ތަކެތި ގެންނަމީހާގެ