ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އެއްވެސް އުސޫލަކާ ހިލާފުވެފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ ކަރަންޓީނު އުސޫލުތަކާ ހިލާފުވެފައިވާތީ ޖޫރިމަނާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކަރަންޓީނު އުސޫލާތަކާ ހިލާފުވެގެން ޖޫރިމަނާ ކުރިމަށް ބުނެ ފެތުރާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި ކެފޭ އަދި ރެސްޓޯރެންޓަކަށް ވެސް ގޮސްފައި ނުވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ އޭނާޔާ ބެހޭ ގޮތުން ދޮގު ހަބަރު ވެސް ފަތުރަނީ އޭނާގެ ހަބަރުތައް މީޑިއާގައި ހިނގާތީ ކަމަށެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސަރުކާރު ކޯލިޝަންގެ ބާރުގަދަ އެއް ލީޑަރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ މިދިޔަ ހަފުތާ ބަންދުގައި ދުބާއީއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީން ނުވެ ބޭރު ތެރޭގައި އުޅުއްވަނިކޮށް ޖޫރިމަނާކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނަހުލާއަކީ ތިވަރުގެ މަގާމަކަށް ތައުލީމީ ގޮތުން ގާބިލު ބޭފުޅެއްކަމަށް ގަބޫލު ނުވޭ،