ބޮގޯޓާ (26 ޖޫން) - ކޮލަމްބިއާގެ ރައީސް އިވާން ޑުކޫ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަކަށް ބަޔަކު ބަޑިޖަހައިފި އެވެ.

ހުކުރު ދުވަހު މި ހާދިސާ ހިނގާފައި ވަނީ ވެނެޒުއޭލާގެ ބޯޑަރު ކައިރީގައި ކޮކެއިން އުފައްދާ ސަރަހައްދެއްގެ މަތިން ދަތުރުކުރައްވަމުން ދަނިކޮށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ހާދިސާގެ ފަހުން ރައީސް ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.

ބްލެކް ހޯކް މޮޑެލްގެ އެ ހެލިކޮޕްޓަރަށް ހަ ވަޒަން އަރާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ ޑްރަގް ޓްރެފިކިން އާއި ހަތިޔާރު އެޅި މީހުން ހަރަކާތްތެރިވާ ސަރަހައްދެކެވެ. އެ މީހުންނަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ބައެކެވެ.

ކޮލަމްބިއާގެ ރައީސަށް އަމާޒުކޮށް ދިން އެ ހަމަލާ ބައިނަލްއަގުވާމީ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި މެކްސިކޯގެ އިތުރުން އާޖެންޓީނާ ހިމެނެ އެވެ. -- ބްލޫމް ބާގު