ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާތީ އެކަން ހައްލުކުރެވޭ ވަރުގެ ހޯމް މިނިސްޓަރެއް އައްޔަން ކުރަންޖެހިފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އަދި އަމާންކަން ގެއްލިފައިވާތީ އެކަމާއި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއީ ކަމާބެހޭ އިދާރާތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނޭޝަނަލް ޑްރަގް އެޖެންސީއަށް ފާޑުކިޔަމުންނެވެ.
ހޯމް މިނިސްޓަރަކަށް މިވަގުތު ހުންނެވީ ސަރުކާރުގެ އިސް މަގާމެއް އަދާކުރުމުގެ ތަޖުރިބާއެއް ލިބިފައި ނެތް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މާލޭ މަގުތަކުގައި މަސްތުވާތަކެތި ގަނެވިއްކުން އާންމުވެ، ރައްޔިތުންގެ ޝަކުވާ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. ފަރުވާދޭ މަރުކަޒުތައް ހިންގޭނެ ފަރާތްތަކާއި ހަވާލުކޮށް ރަށުތެރޭގެ އަމާންކަން ބެލެހެއްޓޭ، ގާނޫނީ ޒިންމާ އުފުލޭވަރުގެ ހޯމް މިނިސްޓަރަކާއި ވުޒާރާ ހަވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާފި ފަހުން މާލޭގެ ބައެއް މިސްކިތްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލަމުންދާކަން ފާހަގަ ކޮށްލެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމުން އަންނަ ތަނެއް ނުފެނެ އެވެ.
ހޯމްމިނިސްޓަރ ކަމާ ތިބޭފުޅާ ހަވާލުވޭ. މަޖިލީހުގައި ދައްކާނެ ވާހަކަ އެއްނޭނގުނީމަ ރަނގަޅު ގޮތަކީ ގޭގައި މަޑުކޮށްލުން !
މަޖިލިސް މެމްބަރުން ވަކި ޤާބިލުތޯ ތިބޭފުޅުންގެ ނާޤާބިލް ކަމުން ހޮވޭނީވެސް ޤާބިލްކަން ނެތް ބޭފުޅެއްތާ ތިބޭފުޅުން އަރިމަތިން މަތިމަތިން ބަލާފަ ނުންތޯ ރުހުންދެނީވެސް ކިރިޔާވެސް އަޅައިގަތުމެއް އޮތިއްޔާ ނޫހައްދޭނެ ރުހުން ދިނުމުގެ މަރުހަލާގަވެސް !
މިއަދު ހޯމް މިނިސްޓަރަކަށް ހުރީ މިރާއްޖެއިން ލިބޭނެ އެންމެ ޤާބިލް އިހުލާސްތެރި ކެރޭ ކުޅަދާނަ ބޭފުޅާކަން ބޮންޑާވެސް ޤަބޫލުކުރާނެ ސަތޭކަޕަސެންޓް ބޮންޑާމެން ބިރުން އުޅޭނެ ކަމެއްނެތް ޑުރަގް ޑީލަރުން ހިފާ ހައްޔަރު ކުރެވޭނެ ފަޅާ އަރާފަނެތީ ބިރުން ނޫޅުއްވާ !