ޅ. ނައިފަރު ޒުވާނަކަށް އަނިޔާކުރި ތިން ފުކުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ނައިފަރު ޒުވާނަކަށް އަނިޔާކުރި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، ނައިފަރުގައި ދިމާވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ތިން މީހަކު ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އެހެން ދެ ފުލުހަކު މިހާރު ތިބި ރޭންކުން އެއް ރޭންކް ދަށްކުރުމަށް ވެސް މިމަހުގެ 22 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

މައްސަލާގައި ފިޔަވަޅު އަޅާފައިވާ ފުލުހުން އެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުން ވާނަމަ ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އަނިޔާކުރި ޒުވާނެއްގެ އާއިލާ މެމްބަރަކު މީގެ ކުރިން "ހުރިހާ"އަށް ބުނެފައި ވަނީ، އޭނާގެ ކޮއްކޮ ގޭގައި ހުއްޓާ ފުލުހުން އައިސް ސައިކަލުގެ ފަހަތަށް އަރަން އެންގި ކަމަށެވެ. ސައިކަލު ފަހަތަށް އެރުމުން ކޮއްކު ކުނިގޮނޑު ސަރަހައްދަށް ގެންގޮސް 10 ވަރަކަށް ފުލުހުން ވެގެން ކޮއްކޮ ބިއްމައްޗަށް ވައްޓާލައި ފައިން ތެޅި ކަމަށެވެ.

މިދިޔަ މަހުގެ 17 ވަނަ ދުުވަހު ފުލުހުން ނައިފަރުގައި ޒުވާނަކަށް އަނިޔާކުރީ، އެ ރަށު ކުނިގޮނޑު ސަރަހައްދަށް ގެންގޮސްގެންނެވެ. ޒުވާނަކަށް އަނިޔާކުރި ސަބަބަކީ އެ ރަށުގައި މަސައްކަތް ކުރާ ފުލުހެއްގެ އަންބަކަށް މަގުމަތިން ފޮށުނު ކަމަށް ބަޔަކު ބުނި މައްސަލައަކާ ގުޅިގެން ކަމަށް "ހުރިހާ"އަށް މައުލޫމާތު ދިން އެރަށު މީހަކު ބުންޏެވެ.

ފުލުހުން އަނިޔާކުރި ޒުވާނެއްގެ އާއިލާ މެމްބަރަކު ބުނީ، އޭނާގެ ކޮއްކޮ ގޭގައި ހުއްޓާ ފުލުހުން އައިސް ސައިކަލުގެ ފަހަތަށް އަރަން އެންގި ކަމަށެވެ. ސައިކަލު ފަހަތަށް އެރުމުން ކޮއްކު ކުނިގޮނޑު ސަރަހައްދަށް ގެންގޮސް 10 ވަރަކަށް ފުލުހުން ވެގެން ކޮއްކޮ ބިއްމައްޗަށް ވައްޓާލައި ފައިން ތެޅި ކަމަށެވެ.

އަނިޔާ ލިބުނު ޒުވާނާގެ ދައްތަ އިތުރަށް ބުނެފައި ވަނީ، ކޮއްކޮ ގެއަަށް އައިރު ހުރީ ވަރަށް ބޮޑަށް ރޮވިފައި ކަމަށެވެ. އަދި ފުލުހުން އަނިޔާކުރުމަށްފަހު އެކަން އެހެން ބަޔަކު ގާތުގައި ބުނެފިއްޔާ އަނެއްކާވެސް ތަޅާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ.

އެ ޒުވާނާގެ ދައްތަ ވެސް ބުނީ ފުލުހުން އަނިޔާކުރި އެރަށުގައި މަސައްކަތްކުރާ އެހެން ރަށެއްގެ ފުލުހެއްގެ އަނބިމިހާއާ މަގުމަތިން ފޮށުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ފުލުސް މީހާގެ އަންހެނުން ބުނީ އެއްވެސް މީހަކު ފޮށިފައި ނުވާ ކަމަށެވެ.