އުމުރުގައި 28 އަހަރުގެ ތަފާތެއް ހުރި ދެމަފިރިއަކު މިވަނީ އުމުރުގައި ބޮޑު ތަފާތެއް ހުރި ނަމަވެސް ބައްދަލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރަން ނިންމި ސަބަބު އާއްމުންނާ ހިއްސާ ކޮށްފަ އެވެ.

ސަރާ ހެންޑާސަން، 26 އޭނާގެ ފިރިމީހާ ޑެރިން، 54 އާ ފުރަތަމަ ބައްދަލުވީ ޔޫޓިއުބު މެދުވެރިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ސަރާ ބުނިގޮތުގައި އޭނާ ޑެރިންނާ ބައްދަލުވީ ދިރިއުޅުމުގައި މަގުސަދު ގެއްލިފައިވީ ދުވަސްވަރެއްގައި ކަމަށާއި އެ ދެމީހުން އެކަކު އަނެކަކުގެ ދިރިއުޅުން ފުރިހަމަކޮށްދިން ކަމަށެވެ.

ސަރާ އާއި ޑެރިން އުމުރުން އެހާ ތަފާތު ބޮޑުކޮށް ކައިވެނިކުރަން ހިޔާލަށް ވެސް ގެނެސްފައި ނުވާނެ ކަމަށް ވެސް ބުނަމުން އެދެ މީހުން ވެސް ބުނީ ދެ މީހުންގެ ކިބައިގައި ވެސް އެއްގޮތް ބައިވަރު ކަންތައްތަކެއް ހުރިކަމަށާއި އެކަންކަމުގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވީ ކަމަށެވެ.

އެމެރިކާގެ ދެ ސަރަހައްދެއްގައި ދިރިއުޅެމުން އައި ސާރާ އާއި ޑެރިން އެކަކު އަނެކަކާ އެންމެ ފުރަތަމަ ބައްދަލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު ގަ އެވެ. އަދި ބައްދަލުވިތާ ތިންމަސް ފަހުން އެދެ މީހުން ކައިވެނި ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

ޑެރިން ބުނިގޮތުގައި އުމުރުން ތަފާތު ވިޔަސް އެއީ މައްސަލައެއް ނޫންކަމަށާއި އެކަކު އަނެކަކުގެ އިހުސާސްތައް ދަންނަ ނަމަ އުފާވެރި ދުރުއުޅުމެއް އުޅެވިދާނެ ކަމަށެވެ.

ސާރާ އާއި ޑެރިން އަންނަނީ އެ ދެމެފިރިންގެ ދިރިއުޅުމުގެ ކަންކަން ޔޫ ޓިއުބު މެދުވެރިކޮށް އެމީހުންގެ ފުލޯވަރުންނަށް ހިއްސާ ކުރަމުންނެވެ.