ބެންކޮކް (05 ޖުލައި) - ތައިލެންޑްގެ ވެރިކަންކުރާ ބެންކޮކްގެ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުންނަ ޕްލާސްޓިކް އުފައްދާ ފެކްޓްރީއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ފެކްޓްރީގައި ރޯވި އަލިފާންގަނޑުން އެރި ދުމުގެ އަސަރު 35 ކިލޯ މީޓަރު ދުރަށް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.

އިއްޔެ ރޭ މެންދަމުން އަލިވެ ތިނެއްޖަހާ ކަންހާއިރު މި ހާދިސާ ހިނގީ ޓައިވާނުގެ މިންގް ޑިހް ކެމިކަލް ފެކްޓްރީގަ އެވެ. އެ ފެކްޓްރީ ހުންނަނީ ބެންކޮކްގެ ކާރުބާރު ބޮޑު ސުވަރުބޫމީ އެއާޕޯޓާ ވަރަށް ކައިރިން ބެންކޮކްގެ ރަށްބޭރުގަ އެވެ.

މި ގޮވުމުގެ ސަބަބުން 27 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކު ވަނީ އެކަމުގެ ތެރޭގައި މަރުވެފަ އެވެ.

ގޮވުން ގޮވި ސަރަހައްދާ ކައިރި ހިސާބުތަކުގައި އުޅޭ 500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރިއިރު، އާއްމުންނަށް ވަނީ އެ ސަހައްދާ 500 މީޓަރާ ދުރުގައި ތިބުމަށް އަންގާފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވާ ސަބަބެއް އަދި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބެންކޮކްގެ ނޫސްތަކުން ބުނެފައިވެ އެވެ.